English Edition
Dhivehi Edition

އޮސްޓްރޭލިއާގެ މަޝްހޫރު އެކްޓަރ ލިއާމް ހެމްސްވޯތް އާއި އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ މައިލީ ސައިރަސްގެ ކައިވެނީގައި މައްސަލަތަކެއްޖެހި، ވަރިވާން ކޯޓަށް ފޯމްލައިފި އެވެ.

ބޭރުގެ މީޑިއަތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކޯޓަށް ފޯމްލީ ލިއަމްއެވެ. އެކަމާ މައިލީ ހިތްހަމަ ނުޖެހި ހުރިނަމަވެސް މިދެމީހުންގެ 7 މަސްވީކައިވެނީގައި ވަނީ މީގެ 12 ދުވަސްކުރިން މައްސަލަތަކެއް ޖެހިފައެވެ.

މައިލީއާއި ލިއަމްގެ ކައިވެނީގައި މައްސަލަތަކެއް ޖެހުނީ މިހިނގާ އޯގަސްޓްމަހު 10ވަނަ ދުވަހު މައިލީ އޭނަގެ އަންހެން ރައްޓެއްސެއްކަމަށްވާ ކެއިޓްލީން ކާޓާރ އާއި އެކު އިޓަލީއަށް ކުރި ޗުއްޓީ ދަތުރެއްގައި އޭނައާއެކު މާގައިގޯޅިކޮށް އުޅެނިކޮށް ނަގާފައިވާ ފޮޓޯތަކެއް މީޑިއާގައި ދައުރުވުމުން އެކަމާ ލިއަމް ހިތްހަމަ ނުޖެހިގެންނެވެ. އެހެން ނަމަވެސް މައިލީވަނީ އޭނަކުރި ކަންތައް ކުރަންޖެހުނީ ލިއަމްގެ ހުންނަ ގޯސް އުޅުމުން ކަމަށް ބުނެ ދިފާއުގައި ވާހަކަދައްކާފައެވެ. މައިލީ ބުނެފައިވާގޮތުގައި އޭނައާއި ލިއަމް މައްސަލަތަކެއް ޖެހެންފެށީ ލިއަމް މާގިނައިން ރާބޮއެ ޑްރަގް ބޭނުންކުރާތީއެވެ.

މައިލީއާއި ލިއަމް ލޯބީގެގޮތުން ގުޅުނީ ވީޑިއޯ ލަވައެއްކުޅެން އުޅުމުގެތެރޭގައެވެ. އަދި 2012ވަނައަހަރު މިދެމީހުން އެންގޭޖްވިއެވެ. އޭގެ އަހަރެއްފަހުން މިދެމީހުންގެ ދެމެދުގައި މައްސަލަތަކެއްޖެހި އެނގޭޖްމެންޓް އުވާލިއެވެ. ނަމަވެސް ދެމީހުން މަދުމަދުން ނަމަވެސް އެކުގައިފެނިގެންދިޔައެވެ. އޭގެފަހުން 2015 ވަނައަހަރި މިދެތަރިން އަނެއްކާ އެނގޭޖެ ވެ ކައިވެނިކުރީ މިދިޔަ ޑިސެމްބަރ މަހުގައެވެ.