ލަވަކިޔުންތެރިއާ އަދި އެކްޓްރެސް އެއް ކަމަށްވާ މައިލީ ސައިރަސް އާއި އެކްޓަރ ލިއަމް ހެމްސް ވޯތް އަދި އެހާ އަވަހަށް ދަރިން ހޯދަން ބޭނުން ނުވާކަމަށް ބުނެފިއެވެ.
ދިހަ އަހަރު ދުވަހު ރައްޓެހިވެގެން އުޅެފައި ދާދި ފަހުން މިދެތަރިން ވަނީ ސިއްރުން ކައިވެނިކޮށްފައެވެ. ކައިވެނީގެ ހަފްލާގައި ހަމައެކަނި ބައިވެރި ކުރީ ދެފަރާތު އާއިލާގެ މެމްބަރުންނެވެ.
މިދެތަރިން ވަރަށް އަވަހަށް ކައިވެނި ކުރާނެކަމުގެ އަޑުފެތުރިފައި ވަނިކޮށް ސިއްރުން ކައިވެނި ކުރިކަން ހާމަވެފައިވަނީ މިދެމީހުންގެ ގާތް ރަހުމަތްތެރިއެއް ކަމަށްވާ ކޮންރާޑް ގެ އިންސްޓަގްރާމް ގައި ކައިވެނި ހަފްލާގެ ފޮޓޯ އެއް ޝެއާކުރުމުންނެވެ.
ލިއަމް އާއި މައިލީ ލިއަމްގެ ފަހަރީގެ ކުދިންނާ އެކު ފޮޓޯ ސޯޝަލް މީޑިއާ ގައި ޝެއާ ކުރާތީ ވަރަށް ގިނަމީހުން ދަނީ މިދެތަރިން ވަރަށް އަވަހަށް ދަރިން ހޯދާނެ ކަމަށް ބުނެ އެކަމާ އެދެތަރިންނާ ވެސް ސުވާލު ކުރަމުންނެވެ. ޖަވާބުގައި މިދެތަރިން ބުނެފައިވަނީ އަދި އެހާ އަވަހަކަށް ދަރިން ހޯދަން ނޫޅޭކަމަށެވެ.
މިދެތަރިންގެ އިތުރުން ލިއަމްގެ ފަހަރި އެލްސާ ބުނެފައިވަނީ މައިލީ އޭނަގެ ދަރިންދެކެ ވަރަށް ލޯބިވާކަމަށެވެ. “އަހަރެންގެ ދަރިން މައިލީ ދެކެ ވަރަށް ލޯބިވޭ، މައިލީ އާއެކު ވަގުތު ހޭދަކުރަން އަބަދުވެސް އެކުދިން ބޭނުންވޭ މައިލީ ގެ އަޑު އެކުދިންނަށްވެސް އެހާރީތި، އަސްލު އެކުދިންނާ އެކު މައިލީވެސް ލިއަމް ވެސް ވަގުތު ހޭދަކުރަމުން ދަނީ އެކުދިންވެސް އެދެމީހުން ދެކެ ލޯބިވާތީ، އަދި އެމީހުން ދަރިން ހޯދަން އަވަސް އަރުވާލައިގެން ނޫޅޭ ” ލިއަމްގެ ފަހަރި ބުންޏެވެ.
އުމުރުން 26 އަހަރުގެ މައިލީއާއި 28 އަހަރުގެ ލިއަމް އެންމެ ފުރަތަމަ ދިމާވެފައިވަނީ 2009 އަހަރު ކުޅުނު ވީޑީއޯ ލަވައަކުންނެވެ. ނަމަވެސް ވަކިވުމަށް ފަހު މިދެތަރިން ވަނީ ލޯބީގެ ގޮތުންގުޅި އެންގޭޖްވެ ހަ އަހަރުވަންދެން އެކުގައި އުޅެފައި މިދިޔަ އަހަރު ޑިސެމްބަރ މަހު ކައިވެނި ކޮށްފައެވެ.