English Edition
Dhivehi Edition

އޭވީސީ ސެންޓްރަލް ޒޯންގެ ގްރޫޕް ސްޓޭޖުގައި ރާއްޖެއިން ނޭޕާލުގެ މައްޗަށް ކުރިހޯދައި ސީދާ ތިން ސެޓުން ނޭޕާލް ބަލިކޮށް ސެމީ ފައިނަލް ކަށަވަރު ކޮށްފިއެވެ.

ތިން ޓީމު ހިމެނޭގޮތަށް ކުޅޭ މި މެޗުތަކުގައި މިއަދުގެ މެޗަކީ ދެ ޓީމަށް ވެސް މުހިންމު މެޗެކެވެ. ސަބަބަކީ ކިރިގިސްތާން އަތުން ރާއްޖެ އާއި ނޭޕާލް ވަނީ ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުން ތިން ސެޓުން ބަލިވެފަ އެވެ. އަދި މިއަދު ކުޅުނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗެވެ.

ރާއްޖެއިން ނޭޕާލްގެ މައްޗަށް ކުރިހޯދައި ފައިނަލަށް ދަތުރު ކުރިއިރު އެންމެ ފަހުން މިފަދަ ފަހުރެއް ރާއްޖެއަށް ލިބުނީ 2016 ވަނަ އަހަރުގައެވެ.

2016 ވަނަ އަހަރު ރާއްޖެ ސެމީއަށް ގޮސްފައިވަނީ ބަންގްލަދޭޝްގައި ބޭއްވި އޭވީސީ މުބާރާތުގައެވެ. އެފަހަރު ރާއްޖޭގެ ޓީމު ވަނީ ލޯ މެޑަލްއެއް ހޯދާފައެވެ. ރާއްޖެއިން ސެމީގައި ކުޅެން ޖެހޭ ޓީމު އެނގޭނީ މިރޭ ކުޅޭ ގްރޫޕް ބީގެ ފަހު މެޗުގައި ބަންގްލަދޭޝްއާއި ތުރުކެމެނިސްތާން ވާދަކުރާ މެޗަށްފަހުގައެވެ.

ޓެގު