English Edition
Dhivehi Edition
ފޮޓޯ: ޕޮލިސް މީޑިއާ

އަޕަރ ސައުތު ޕޮލިސް ޑިވިޜަންގެ ގދ. ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން އައްޑޫ ސިޓީ ހިތަދޫ މީހަކު ހޯދުމުގެ މަސައްކަތް ކުރަމުން ދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލައާއި ގުޅިގެން ހޯދަމުންދަނީ، ސ. ހިތަދޫ/ ދިލާވަރުގެ، ޢާމިރު ޙުސައިންއެވެ.

ފުލުހުންގެ ވެބްސައިޓްގައި ޢާމިރު ހޯދުމަށް އިއުލާން ކޮށްފައިވާ އިރު އޭނާ ހޯދަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ހާމަކޮށްފައި ނުވެއެވެ.

އެހެންނަމަވެސް ޢާމިރު ޙުސައިން އާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ގދ. ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9790111 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދިލައްވައެވެ.

ފުލުހުންގެ ވެބްސައިޓްގައި ވިދާޅުވެފައި ވަނީ މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށެވެ.