English Edition
Dhivehi Edition

އަންނަ ޑިސެމްބަރު މަހަށް، މިނިމަމް ވޭޖް ކަނޑައެޅުމަށް ލަފާދޭން ނިންމާނޭ ކަމަށް މިނިމަމް ވޭޖް ކަނޑައަޅަން އިކޮނޮމިކް މިނިސްޓަރަށް ލަފާދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވާލާފައިވާ “މިނިމަމް ވޭޖް ބޯޑު” އިން މިއަދު ބުނެފިއެވެ.

ފަސް މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ މިނިމަމް ވޭޖް ކަނޑައަޅާ ބޯޑުން މިއަދު ނެރުނު ބަޔާނުގައި ބުނީ މިނިމަމް ވޭޖް ކަނޑައެޅުމަކީ ރާއްޖޭގައި އަލަށް ތަޢާރަފު ކުރާ ކަމަކަށް ވާތީ ފުރިހަމަ މައުލޫމާތު އެއްކޮށް ދިރާސާ އެއް ހެދުމަކީ މުޚިއްމު ކަމެއް ކަމަށް ދެކޭ ކަމަށެވެ. އަދި އެ ބަޔާނުގައި އިތުރަށް ބުނީ ރޯޑް މެޕެއް އެކުލަވާލައި އެއާ އެއްގޮތަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ.

ދިވެހިރާއްޖޭގައި އެންމެ ކުޑަމިނުން ދެވޭ މުސާރައާއި އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް ޑިސެމްބަރަށް ނިންމާއިރު މިނިމަމް ވޭޖް ކަނޑައަޅާ ބޯޑުން ބުނީ އެ ބޯޑުގެ މަސައްކަތްތަކަށް ބައިނަލްއަގުވާމީ ޖަމިއްޔާ އެއް ކަމަށްވާ އިންޓަނޭޝަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ) ގެ އެހީއާ ލަފާ ހޯދަމުން އަންނަ ކަމަށެވެ.