English Edition
Dhivehi Edition

އައްޑޫ ސިޓީގައި ތަރައްގީ ކުރަމުން އަންނަ ބެޑްމިންޓަން ކޮމްޕްލެކްސް ތަރައްގީކޮށް އަންނަ މަހު ނިންމާލެވޭނެ ކަމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓުން ބުނެފިއެވެ.

އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް ސޮސައިޓީ (އޭޕީސީ)އާ ހަވާލު ކޮށްގެން މަސައްކަތް ކުރިއަށް ގެންދާ މި ކޮމްޕްލެކްސް ގެ މަސައްކަތް އޭޕީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ މެއި މަހުގެ 22 ވަނަ ދުވަހުއެވެ.

Advt

Advertisement

ޔޫތު މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ހިތަދޫ ކޮމިއުނިޓީ ސެންޓަރާ އިންވެގެން އޮންނަ ހުސް ބިމުގައި ތަރައްގީ ކުރަމުން އަންނަ ބެޑްމިންޓަން ކޮމްޕްލެކްސްގެ މަސައްކަތް އަންނަ މަހު ފަހު ކޮޅު ނިންމާލެވޭނެ ކަމަށެވެ. އެ މިނިސްޓްރީން ގެ ޓުވީޓް ގައި ބުނެފައިވަނީ އައްޑޫ ސިޓީގައި އަޅާ ބެޑްމިންޓަން ކޯޓުތަކުގެ މަސައްކަތުގެ އިތުރުން މާލޭ އެކުވެނި އިންޑޯގެ މަޝްރޫއުވެސް އަންނަ މަހުގައި ނިމޭނެ ކަމަށެވެ. އަދި އެ ދެ މަޝްރޫއަށް ނުވަ މިލިއަން ރުފިޔާ ހަރަދުވާ ކަމަށްވެސް ވަނީ ބުނެފައެވެ.

މި މަޝްރޫއުގެ ދަށުން ހިތަދޫ ޔޫތު ސެންޓަރުގެ އިމާރާތް ހުރި ބިމުގައި ހަތަރު ބެޑްމިންޓަން ކޯޓު އެކުލެވޭ ގޮތަށް ބެޑްމިންޓަން ހޯލަކާއި ބައިނަލްއަގުވާމީ މުބާރާތްތައް ކުޅެވޭ ގޮތަށް ދެ ފަންގިފިލާގެ އިމާރާތެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

އައްޑޫގެ ބެޑްމިންޓަން ކޮމްޕްލެކްސް ތަރައްގީކޮށް ނިންމުމަށްފަހު ފުރަތަމަ ކުޅުމަށް ހަމަޖެހިފައިވާ މުބާރާތަކީ 21 އަހަރުން ދަށުގެ ސައުތު އޭޝިއަން ބެޑްމިންޓަން ޗެމްޕިއަންޝިޕްއެވެ. އެމުބާރާތް ބާއްވަން ނިންމާފައިވަނީ އަންނަ އޮކްޓޯބަރު މަހު އެވެ.