English Edition
Dhivehi Edition

އެއް ފައިމަތީގައި ފުޓްބޯޅަ ކުޅެނިކޮށް މީހުންގެ ސަމާލުކަން ހޯދި އަހުމަދު ޝަވަން މުހައްމަދު އަށް ރަނިން ބްލޭޑެއް ހަދިޔާކޮށްފިއެވެ.

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައިނަލްއަގްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަ ކުރަމުންދާ އިރު، މިއަދު އޭނާ އަށް ލިބިގެންދާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޝަވަން އަަށް ރަނިގް ބްލޭޑް ހަމަޖައްސައި ދެވުން ކަމަށެވެ. “ރާއްޖޭގެ ފުރަތަމަ ރަނިން ބްލޭޑް އެތުލީޓަށް އިރާދަކުރެއްވިއްޔާ ދެންއޮތީ އިންޑިއާގައި ފަރިތަކުރުން” މަހްލޫފުގެ ޓުވިޓްގައި ވިދާޅުވިއެވެ.

ޔޫތު މިނިސްޓްރީ އިން ފަންޑު ކޮށްގެން ޝަވަން އަށް ރަނިގް ބްލޭޑެއް ހަމަޖައްސައިދީފައިވާއިރު ޝަވަންއަށް އާޓިފިޝަލް ފައެއް ޖެހުމަށް، އެންސްޕާއިން ވެސް ވަނީ އެހީވުމަށް ނިންމާފައެވެ.

މަކުނުދޫ ސްކޫލްގެ އިންޓަ ހައުސް މުބާރާތުން ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ޝަވަން އަކީ ދުނިޔެއަށް އުފަންވިއިރުވެސް ކަނާތު ފައިގެ ކަކުލުން ތިރި ނެތް ކުއްޖެކެވެ.