English Edition
Dhivehi Edition

އޮންލައިންކޮށް ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް ބޭސް އެތެރެކޮށް، އޭގެ ވިޔަފާރި ކުރުމަކީ މަނާ ކަމެއް ކަމަށާއި އެގޮތަށް ވިޔަފާރި ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ހެލްތު މިނިސްޓްރީ އިން ބުނެފި އެވެ.

ހެލްތު މިނިސްޓްރީ އިން ބުނީ އޮންލައިންކޮށް ބޭސް ގެނެސްގެން ވިޔަފާރީގެ ގޮތުގައި އިޝްތިހާރުކޮށް، އެކި ގޮތްގޮތަށް، ބޭސް ނުވަތަ ބޭހުގެ މާއްދާއެއް އެކުލެވޭ ބާވަތްތައް ވިއްކަމުންދާކަން އެ މިނިސްޓްރީއަށް ފާހަނގަކުރެވިފައިވާކަމަށެވެ. އަދި އެގޮތަށް އެތެރެކުރާ ބޭސްތަކަކީ އެ އޮތޯރިޓީގައި ރަޖިސްޓްރީކޮށް، އޭގެ ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ ބޭސްތަކެއް ނޫން ކަމަށާއި އެހެންކަމުން ގަވައިދާއި އެއްގޮތަށް އެ އޮތޯރިޓީން ނަންގަން ޖެހޭ ހުއްދަތައް ނުނަގާ ބޭސް އިމްޕޯޓްކޮށް ވިއްކުމަކީ މަނާކަމެއް ކަމަށް މިނިސްޓްރީންވަނީ ބުނެފައެވެ.

ބޭހާ ބެހޭ ގަވާއިދުގައިވާ ގޮތުން،ވިޔަފާރީގެ ގޮތުގައި އިންޓަނެޓް ނުވަތަ ޕޯސްޓް މެދުވެރިކޮށް ބޭސް ނުވަތަ ބޭހުގެ މާއްދާއެއް އެކުލެވޭ އެއްވެސް ބާވަތެއް އެތެރެކޮށް ވިއްކުމަކީ މަނާކަމެކެވެ. އަދި އޮންލައިންކޮށް ނުވަތަ ޕޯސްޓް މެދުވެރިކޮށް ބޭސް ނުވަތަ ބޭހުގެ މާއްދާ އެކުލެވޭ ބާވަތްތައް އަމިއްލަ ބޭނުމަށް އެތެރެ ކުރަންވާނީ، ސައްހަ ބޭސް ސިޓީއެއް އޮވެގެންނެވެ.

ޓެގު