English Edition
Dhivehi Edition

އަގުމެންޓިން ޓެބްލެޓް (ބެކްޓީރިއަލް އިންފެކްޝަނަށް ބޭނުންކުރާ އެންޓިބައޮޓިކެއް) ގެ އަސްލާ އެއްގޮތް ފޭކް ބޭސްތަކެއް ކެމަރޫންގެ މާކެޓުގައި ދައުރުވާތީ، ބޭސްއެތެރެކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް ހެލްތް މިިނިސްްޓްރީ އިން އިލްތިމާސްކޮށްފިއެވެ.

ހެލްތް މިނިސްޓްރީން އިއްޔެ ނެރުނު ފާމަސޫޓިކަލް އެލާޓްގައިވާ ގޮތުން އަގުމެންޓިން ޓެބްލެޓްގެ އަސްލާ އެއްގޮތް ފޭކް ބޭސްތަކެއް ކެމެރޫންގައި ދައުރުވަމުންދާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ކަމަށްވާ ޑަބްލިއުއެޗްއޯ އިން އަންގާފައިވާ ކަމަށެވެ. އެހެންވެ އެ އިއުލާނުގައި ބަޔާންކުރާ ބެޗްގެ ބޭސް ރާއްޖެ އެތެރެ ނުކުރުމަށާއި އަދި ނުވިއްކަން އަންގާ ކަމަށް އެ އެލާޓްގައިވެ އެވެ.

އެ އެލާޓްގައިވާ ގޮތުން ކެމެރޫންގައި ދައުރުވަމުންދާ ފޭކް ބޭހަކީ މެއި، 2016 ގައި ތައްޔާރުކޮށް، އަންނަ އަހަރުގެ މެއި މަހު މުއްދަތު ހަމަވާ ކަމަށް ލިޔެފައިވާ ބޭހެކެވެ.