English Edition
Dhivehi Edition

މިއަހަރުގެ ޙައްޖުގެ މާތް އަޅުކަން އަދާކުރުމަށް ރާއްޖެއިން ޙައްޖަށް ދިޔަ ހައްޖާޖީން ޙައްޖުގެ އަޅުކަން ނިންމާލުމަށްފަހު އެނބުރި އަންނަން ފަށައިފި އެވެ. އެގޮތުން އީއެ ވަނީ ފުރަތަަމަ ގުރޫޕުން ރާއްޖެ އައިސްފައެވެ.

އީއެ ހަވީރު ސައުދީ އެއާލައިނުން ތަޒްކިޔާ ގުރޫޕުގެ 44 ޙައްޖުވެރިން ރާއްޖެ އައިސްފައިވާ އިރު އެ ޖަމާއަތުން ދިޔަ އިތުރު 75 ހައްޖުވެރިން މިއަދު ރާއްޖެ އަންނާނެއެވެ.

ފުރަތަމަ ރާއްޖެއަށް އައި ޙައްޖުވެރިންގެ ތެރޭގައި މިފަހަރު އަމީރުލް ޙައްޖުގެ ގޮތުގައި ވަޑައިގެންނެވި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ހިމެނިވަޑައިގަންނަވަ އެވެ.

މިފަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދިޔަ 2000 ހައްޖާޖީންގެ ތެރެއިން އެންމެ ފަހު ގުރޫޕް ރާއްޖެއަށް އާދެވޭނީ މިމަހުގެ 31 ގައިއެވެ. މިއަހަރު ރާއްޖެއިން ޙައްޖަށް ދިޔަ މީހުންގެ ތެރެއިން އެކަކު ވަނީ ނިޔާވެފައެވެ.