English Edition
Dhivehi Edition
ފޮޓޯ: ސޯޝަލް މީޑިއާ

ކުރީގެ ރައީސް އަބްދުލްﷲ ޔާމީން އަބްދުލް ގައްޔޫމް ގެ ސަރުކާރުގައި ނައިބު ރައީސްކަން ކުރައްވާފައިވާ އަދި އެމްޓީޑީގެ ލީޑަރު އަހްމަދު އަދީބު އޮތީ ހޮސްޕިޓަލްގައި އޮބްޒަވޭޝަނަށް ބާއްވާފައި ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

އަދީބު ހޮސްޕިޓަލަށް ގެންދިޔައީ މިދިޔަ ބުރާސްފަތި ދުވަހު އޭނާ ބަންދުކޮށްފައި ހުރި ޖަލުގެ ގޮޅި ތެރެއަށް ހޭނެތިގެން ވެއްޓިގެންނެވެ.

ކަރެކްޝަނަލް ސާވިސްގެ އިން ބުނީ އަދީބުގެ ހާލަތު ރަނގަޅު ކަމަށާއި އޭނާ ޖަލަށް ބަދަލު ކުރާނެ ވަކި ދުވަހެއް ނޭނގޭ ކަމަށެވެ. އަދީބު ޖަލުގޮޅިއަށް ވެއްޓި އޭނާގެ ބޮލަށް އަނިޔާތަކެއް ލިބިފައިވާކަމަށް މީޑިޔާ ރިޕޯޓުތައް ބުނެއެވެ.

އަދީބު ވަނީ އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ޓަގު ބޯޓެއްގައި ފިލައި އިންޑިޔާއަށް އެތެރެވާން މަސައްކަތް ކޮށްފައެވެ. ނަމަވެސް އިންޑިޔާ ފުލުހުން ވަނީ އޭނާ އިންޑިޔާއަށް ގަވާއިދާ ޚިލާފަށް އެތެރެވާން އުޅުމުން ހިފަހައްޓައި ރާއްޖެއަށް އަނބުރާ ފޮނުވާފައެވެ.