English Edition
Dhivehi Edition
ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އާއި މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓިކް ގެ ރައީސް އަޙުމަދު އަދީބު

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހެދުމަށް

މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓިކް އަށް ދަޢުވަތު ފޮނުވައިފިއެވެ. މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓިކް ނުވަތަ އެމްޓީޑީއަކީ ކުރީގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އިސްވެ ހުންނަވައިގެން އުފައްދާފައިވާ ޕާޓީއެކެވެ. އެމްޓީޑީ އަށް ޤާސިމް ސޮއި ކުރައްވާ ފޮނުއްވި ސިޓީގައި އޭނާ ވިދާޅުވީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ސިޔާސީ ޕާޓީތަކާއި ވަކިވަކި ފަރާތްތަކާ އެކު މަޝްވަރާކޮށް، ގިނަ ބައެއްގެ ބައިވެރިވުން އޮންނަ ގޮތެއްގެ މަތިން ގައުމުގެ ކަންކަން އިސްލާހުގެ މަގަށް ގެންދިޔުމަށް މަޝްވަރާކުރަން ބޭނުންވާ ކަމަށެވެ.

ޖުމްހޫރީ ޕާޓީން ވަނީ އެމްޑީޕީ، އެމްޑީއޭ އަދި ޢަދާލަތު ނޫން އެހެން ހުރިހާ ސިޔާސީ ޕާޓީތަކަށާއި އަދި އަމިއްލަ ގޮތުން ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން އިޢުލާންކުރައްވާފައިވާ ހުރިހާ ބޭފުޅުންނަށް ކޯލިޝަން ހެދުމުގެ ދަޢުވަތު ދެއްވާފައެވެ. އެހެންނަމަވެސް އަދި މިހާތަނަށް މިކަމަށް ލިބިފައިވަނީ ފިނި ތަރުޙީބެކެވެ.

ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ފާސްކޮށްފައިވަނީ އެ ޕާޓީން ބޭއްވި ގައުމީ ކޮންފަރެސްގައެވެ. އެއާއެކު އެޕާޓީން ވަނީޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމަށް ރިޔާސީ ޓިކެޓް ހަވާލުކޮށްފައެވެ.