English Edition
Dhivehi Edition
ރާއްޖޭގައި ފަތުރުވެރިއަކު ފީނަނީ

ސަފާރީ އަކުން ޑައިވިނަށް ފޭބި ފަތުރުވެރިއަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ ފީނަން ފޭބި އަންހެން ފަތުރުވެރިޔަކު ގެއްލިގެން ހޯދަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު މެންދުރުފަހު 1:10 ހާއިރު ކަމަށެވެ.

މި މީހާ ގެއްލިގެން ހޯދަން ފެށީ “އޯސީއޭ އެމް ސެވަން އެސް” ސަފާރީގައި ހުރެފައި ކަނޑޫމާ ތިލަ އަށް ފީނަން ފޭބި ފަހުން ޚަބަރެއް ނުވުމުންނެވެ. ޑައިވިނަށް ފޭބި ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަނީ އެމްއެންޑީއެފްގެ މާލޭ އޭރިއާގެ ކޯސްޓް ގާޑް ސްކޮޑަރުންގެ ޑައިވަރުންނެވެ

އެމްއެންޑީއެފުން ބުނީ މި މީހާ ފީނަން ފޭބީ 22 ފަތުރުވެރިން ހިމެނޭ ގުރޫޕަކާ އެކު ކަމަށެވެ.

ގެއްލިގެން ހޯދަމުންދާ މީހާ ނިސްބަތްވާ ގައުމަކާ އެމީހާގެ އެއްވެސް މައުލޫމާތެއް އެމްއެންޑީއެފުން އަދި ހާމަކޮށްފައެެއް ނުވެ އެވެ.