English Edition
Dhivehi Edition

މާލެއިން ފުރައިގެން ވެލިދޫއަށް ދަތުރުކުރަމުން ދިޔަ ލޯންޗަކަށް ރާޅެއް އަރައި ލޯންޗް ބަންޑުން ޖަހާލައިފިއެވެ.

މިޙާދިސާގެ މަޢުލޫމާތު އެމްއެންޑިއެފަށް ލިބުނީ މިއަދު 11:50 ހާއިރު ކަމަށް އެއިދާރާއިން ބުނެއެވެ. އެންމެންޑީއެފުން ބުނީ “ލީޖަން 7″ ނަމަކަށް ކިޔާ ލޯންޗަކަށް ރާޅެއް އަރައި، ދިޔަވަމުންދާކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބުމާ ގުޅިގެން ލޯންޗަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން ފަށާފައިވާ ކަމަށެވެ.

30 މީހުންނާއެކު ދަތުރު ކުރަމުންދިޔަ މިލޯންޗަށް ރާޅު އަރާފައިވަނީ ރަންދެލި ރިސޯޓު ކައިރިންނެވެ. މިލޯންޗުން ދަތުރުކުރި އެންމެން ވަނީ ސަލާމަތްކޮށްފައެވެ.

ލޯންޗް ބަންޑުން ޖަހާލީ މީހުން ސަލާމަތްކުރި ފަހުން ކަމަށް ވާތީ، މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާނުވެ ސަލާމަތް ކުރެވުނު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ދައުރުވަމުންދާ ފޮޓޯ ތަކުން ފެންނަ ގޮތުގައި ލޯންޗުވަނީ ރަންދެލި ރިސޯޓު ފަޅުތެރެއަށް ގެނބިފައެވެ.

މިއަހަރުގެ ބޮޑު ޗުއްޓީވެސް ފެށިފައިވުމާއެކު ގިނަ ބަޔަކު ރަށްރަށަށް ދަތުރު ކުރަމުން އަންނަ މި ދަނޑިވަޅަކީ، މޫސުމާއި ބެހޭ އިދާރާއިން ، ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައިވާ ދަނޑިވަޅެކެވެ.