English Edition
Dhivehi Edition

“ދަރިފުޅުތީ ވަރަށް ހިތްވަރުގަދަ ކުއްޖެއް. މަންމަމެން ދަރިފުޅާމެދު ފަހުރުވެރިވޭ”

ކޮޓަރީގެ ބޭރުގަ ހުރެގެން ބައްޕަވެސް ހިނިތުންވެލިއެވެ. އަދި ކެތްނުވެގެން އެތެރެއަށް ވަނެވެ.

“ދެމައިން ކޮން ކަހަލަ ހަނގުރާމައެއް ފަތަހަ ކުރީ”

“ހޫނ…ސިމްރަން ބޭނުންވަނީ…”

“ސިމްރަންއަށްވެސް ބުނެވޭނެ މަންމަ މެދުވެރިޔަކަށް ވާކަށް ނުޖެހޭނެ”

“އަބަދުވެސް ހަސަދަވާނެ”

“ލައްބަ ބައްޕާ އަޅުގަނޑު ބޭނުމީ އެންޖީ އޯ އެއް ހުޅުވަން”

“ތީވަރަށް ފައްކާ ކަމެއް އަދި މާލެ ކީއްކުރަން ރާއްޖޭގައިވެސް ނެތެއެއްނު.. ކިހިނެއް ބައްޕަމެން ހަދާދޭންވީ”

ދެތިން މަސް ތެރޭ ސިމްރަން އޭނާގެ އެންޖީއޯ ހުޅުވިއެވެ. އެތާނގެ ނަމަކަށް ކީ “އާސް” އެވެ. މާނަޔަކީ އުއްމީދެވެ. ރެއެއް ދުވާލެއް ފަރަގު ނުކޮށް އޭނާ އާސްގެ މަސައްކަތުގައި މަޝްއޫލުވިއެވެ. މިކަމުގެ ސަބަބުން އޭނާގެ ހިތުގެ ވޭން ކުޑަވެ މާޒީގެ ކަޅުދުވަސްތައް ފޮހެވިގެން ދިޔަ ކަހަލައެވެ. އޭނާގެ މައިންބަފައިން އޭނާއަށް ހުރިހާކަމެއްގައި އެހީތެރިވެދިނެވެ. އެންމެ ހިނދުކޮޅަކުވެސް އޭނާ އެކަނި ކޮށްނުލައެވެ. އަބަދުވެސް ލޯބި ދިނެވެ. އެހީތެރިކަން ފޯރު ކޮށްދިނެވެ. ޝޮޕިން އަށް ގޮސް ބޭނުން ހުރިހާ އެއްޗެއް ގަނެދިނެވެ. ނަދާ އޭނާގެ ގޭގެ ހުރިހާ އެއްޗެއް ފޮނުވާދިނެވެ. އަދި ގޭގެ އެޑްވާންސް ފައިސާޔާ އޮފީހުން ދިން ފައިސާ އޭނާއަށް ފޮނުވިއެވެ. ދިމާވި ކަންތަކުގެ ސަބަބުން އޮފީހުން ދެމަސްދުވަހުގެ ފައިސާ ނުނަގާ ހުއްޓެވެ. ހުރިހާ ލާރިއެއް އެއްކޮށްލީމާ ރާއްޖޭގެ އެއްލައްކަ ރުފިޔާވިއެވެ. އޭނާ ނަދާއަށް ޝުކުރު ވެރިވިއެވެ.

ދެއަހަރެއްހާ ދުވަސްތެރޭ “އާސް” އަކީ މަޝްހޫރު ތަނަކަށް ވިއެވެ. ގިނަ ޚދުމަތް ލިބެމުން ދިޔަ ތަނަކަށް ވިއެވެ. ކުޑަކުދިންނާ ބޮޑެތި މީހުންނަށެވެ. ކޮންމެ ދުވަހަކު އޭނާގެ ޚިދުމަތް ހޯދަން އަންނަ މީހުން އޭނާއަށް ތަޢުރީޕް ކުރެއެވެ އަދި ހެޔޮ ދުޢާ ކުރެއެވެ.

“މަންމަ އެބުނީ ތެދެކެވެ. އަހަރެންނަށް ދިމާވި ކަންތައް އެއީ އެއްވެސް ކަމެއްނޫނެވެ. އަދި ދުނިޔޭގައި މާނުބައިކޮށް ކަންތައް ދިމާވެ އޭގެން ސަލާމަތްނުވެފައި ތިބީ ކިތައް މީހުން ބާވައެވެ.މިއަދު އަހަރެން އެމީހުންނަށް މި އެހީވަނީ އެވެ. ” ހިތާހިތާ އޭނާ ކިޔާލިއެވެ.

އޭނާގެ އޮފީސް ފޯނު ރިންގުވާންފެށީ އޭރުގައެވެ. ރިސެޕްޝަންގެ ކުއްޖާ ނެތުމުން ފޯނު ނެގީ އޭނާއެވެ.

“ވާހަކަ ދައްކަނީ ނަދާ.. ސިމްރަން މެޑަމް އާއި ގުޅިދާނެތަ؟”

“ވާހަކަ ދައްކަނީ ސިމްރަން. ހަލޯވެސް ނުކިޔެނީސް އެއްނު ތިކޮޅުން ވާހަކަ ދައްކަން ތިފެށީ.. ކޮބާ ކިހިނެއްތަ ހާލު ހުރިހާ މީހުންގެ”.

” ބުނަންތަ ވާހަކައެއް ކަލޭ ގަބޫލް ތޯ ބަލާކަށް ނޫން މިގުޅީ ކަލެއަށް އަންގަން މިގުޅީ….”

“އޭއި މައިތިރިވެ ބަލަ … ކޮބާތަ މައްސަލަޔަކީ؟”

“މައްސަލަޔަކީ ކަލާގެ މައުޝޫގާ ޔާނިޝް އުފް ރޯހާން، އޮފީހުން ވައްކަންކުރީ މަށަށް ޖެހުނީ އޭނާގެ މައްސަލަ ކޯޓުގައި ޑިފެންސް ލޯޔަރަކަށް ވާޙަކަދައްކަން. މަށަށް އޭނާ ޑިފެންސް ކުރެވިދާނެތަ.. މަށަށް ވެގެންވަނަމަ އޭނާގެ ކަރަށް ވާގަޑު މަހާލާނީ މަގޭ އަތުން”

“ހަހަހަހަހްހަހަހް އެހެންދޯ މިވި..” ހިސްޓީރިޔާ ޖެހިފަވާމީހެއް ހެން ސިމްރަން ހެމުންދިޔައެވެ.

“ބުނަންތަ ވާހަކައެއް އަހަރެންވަނީ މީގެ އަހަރުތަކެއް ކުރިން އޭނާއަށް މާފުކޮށްފަ. އޭނާ ދޫކޮށްލާ.. އެއީ އަހަރެން ދަންނަ މީހެއްނޫން”

“ދޫކޮށްލާށޭ.. ކަލެޔާމެދު އޭނަ ކަންތައް ކުރިގޮތް ހަނދާން ނެތުނީތަ؟”

“ނޫން ހަނދާން ނެތުނީކީނޫން ކަޅުމާޒީގެ ވިލާގަނޑެއް އަހަރެންގެ ހަޔާތައް އަންނަން އަހަރެން ބޭނުމެއްނެތް…އެކަމެއްގެ އޮންނަ ގޮތަކަށް އޭނަޔާމެދު ނިޔާކަނޑައެޅީމާ އޯކޭ ވާނެ އެއީ މަށާބެހޭ މީހެއްނޫން. އޭނަޔާ ހެދީ އަހަރެންނަށް ރަނގަޅު ފިލާވަޅެއް ދަސްވީ. އަދި މިއަދު އަހަރެން މިހިރަ މަގާމަށް ނާދެވުނީސް އެފިލާވަޅު އަހަރެން ދަސްނުކުރިނަމަ. އަހަރެންނަށް މާލެވެސް ނާދެވުނީސް މާގިނަ ދަރިިންތަކާއެކު އޭނާގެ އަންބަކަށް ނުވިކަން ނަސީބެއްނު.ﷲ އޭނާ ކުރި ކުށުގެ ސަޒާ އޭނާއަށް ދެއްވާނެ. އަހަރެންނަށް ދެވުނީ އަވާމެންދުރެއްގެ ފަހަތުން . އަހަރެން އަހަރެންގެ ފިޔަވަޅު ސީދާކޮށްފިން. ﷲ އާއި ވަކީލު ކޮށްފިން.”

“އޯހް އަހަރެން ކަލެއާއި މެދު ފަޙުރުވެރިވޭ ﷲ ގަންދީ ބުނަން ކަލޭތީ ވަރަށް ގަދަ އަންހެން ދަރިއެއް ދިވެހި ނަމޫނާއެއް.” ނަދާ ލޯފޮހެލިއެވެ.

ސިމްރަން ފޯނު ބޭއްވީ ކަރުނަވީ ލޮލަކާ އެކުއެވެ އެހެނަސް މިއަދު އެއީ އުފާވެރި ކަމުގެ ކަރުނައެވެ. ކާމިޔާބީގެ ކަރުނަ އެވެ. އޭނާ އާއި ކައިވެނި ކުރަން މަތީ ޚާންދާންތަކުގެ އެތައް ކުދިންނެއް މިއަދު އެބަތިއްބެވެ. މިއަދު އޭނާގެ މައިންބަފައިނާ މުޅި ރާއްޖެވެސް އޭނާ އާއި މެދު ފަހުރު ވެރިވެއެވެ. ﷲ ސިމްރަންއަށް ހެޔޮލަފާ އޯގާތެރި ފިރިޔެއް ދެއްވުން އެދި ދުޢާ ކުރަމުން މިވާހަކަ ނިންމާލީމެވެ. ރޯޒް

ނިމުނީ