English Edition
Dhivehi Edition
ފޮޓޯ: އައިލެންޑް ނިއުސް އެމްވީ

މިއަހަރުގެ ޙައްޖުގެ މާތް އަޅުކަން އަދާކުރުމަށް ދިވެހިރާއްޖެއިން ދިޔަ ހައްޖާޖީ ކޯމާގައި އޮތުމަށްފަހު ރޭ ނިޔާވެފައިވާއިރު ނިޔާވި ހައްޖާޖީގެ އާއިލާ އަށް ރާއްޖޭގެ ހޯމް މިނިސްޓަރ ޝައިޚް އިމްރާން ޢަބްދުﷲ ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ ދިވެހި ޙައްޖާޖީގެ ތެރެއިން ސްރޯކެއް ޖެހުމަށްފަހު ކޯމާގައި އޮއްވާ ނިޔާވެފައިވަނީ ފ. ދަރަނބޫދޫ މީހެއް ކަމަށްވާ ސީމާ މޫސާ، 38 އަހަރެވެ. ސީމާ އަކީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ ހައްޖާޖީއެކެވެ.

އެނގިފައިވާ ގޮތުގައި ސިމާއަށް ސްރޯކް ޖެހުނީ މިނާ ޓެންޓްގައި ހުއްޓަ އެވެ. އޭނާ ފާހަނާގައި ހުއްޓައި އަނބުރައިގަނެގެން ވެއްޓުމުން ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ އެވެ. އޭނާއާއެކު އޭނާގެ ފިރިމީހާ ވެސް ހޮސްޕިޓަލަށް ދިޔައެވެ.

ސީމާ ނިޔާވެފައިވަނީ ޙައްޖުގެ އެންމެ މުހިއްމު ރުކުން ކަމަށްވާ އަރަފާތު ބިމުގައި ހުރުމުގެ ރުކުން ފުރިހަމަ ކުރި ފަހުންނެވެ.

މިފަހަރު ޙައްޖަށް ދިޔަ ހައްޖުވެރިން އަނބުރާ ރާއްޖެ އަންނަން ފަށާނީ އަންނަ އާދީއްތަ ދުވަހުގައެވެ.