English Edition
Dhivehi Edition

އައްޑޫ ސިޓީ ހިތަދޫގައި ހިނގި ގްރޫޕް މާރާމާރިއެއްގައި ކޯރާޑިއަކުން ހަމަލާދީ 15 އަހަރުގެ ކުއްޖަކު ޒަޚަމްކޮށްލައިފިއެވެ. މާރާމާރީގައި ޒަހަމް ވެފައި ވަނީ ޝަރަފުއްދީން ސްކޫލްގެ ގްރޭޑް 9 ގައި ކިޔަވަމުންދާ ދަރިވަރެއް ކަމަށްވާ މުހައްމަދު ޒަޔާން އެވެ. ޒަޔާންގެ ބޮލަށް ކޯރާޑިއަކުން ހަމަލާ ދިން ހަމަލާގެ ސަބަބުން އޭނާގެ ހާލު ސީރިއަސް ކަމަށާއި ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށް އެޗްއާރުއެޗްއިން ބުނެއެވެ، ޒަޔާންގެ ހަށިގަނޑުގެ ފަސްތަނެއް ވަނީ މަރާމާރީގެ ސަބަބުން ޒަހަމްވެފައެވެ. ކަނާތުގެ އެއް އިނގިލި ވެސް ވަނީ ބިނދިފައެވެ. ހަމަލާއަށް ފަހު އޭނާގެ ލޯހުޅުވާފައި ނުވާއިރު ހޮސްޕިޓަލަށް ގެންދިޔަ ފަހުން އޭނާ އަށް ވަނީ ދެފަހަރަށް ފިޓް ޖެހިފައެވެ. ފުލުހުން ވިދާޅުވީ މިއީ ހިތަދޫގައި ހިނގީ ގްރޫޕް މަރާމާރީއެއް ކަމަށާއި ފުލުހުންނަށް މާރާމާރީގެ ރިޕޯޓް ލިބިފައި ވަނީ މިރޭ 22:22 ގައި ކަމަށެވެ. މައުލޫމާތު ލިބޭ ގޮތުގައި ޒަޔާން އަށް ހަމަލާ ދިނީ ގޭގެ ކުރިމަތީގައި ކުޅެން ހުއްޓާ ހަތަރު މީހުންގެ ގްރޫޕަކުންނެވެ. މިހަމަލާއާއި ގުޅިގެން މިހާތަނަށް ތިން މީހުން ވަނީ ހައްޔަރުކޮށްފައެވެ.