English Edition
Dhivehi Edition
ފޮޓޯ: ޕީއެންސީ

އެހާ އަވަހަށް ތެޅިގަނެގެން ވަކި މަގާމަކަށް ޝައުގުވެރިވެގެން އެކަމަށް މަސައްކަތް ކުރުން އެއީ ވަރަށް ބޮޑު ގޯހެއް ކަމަށް ގަބޫލުކުރައްވާކަމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ޚާއްޞަ އެޑްވައިޒަރު އަދި ފޮނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް ރޭ ދެއްވި އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވީ އޭނާ އަބަދުވެސް މަސައްކަތްކުރައްވަނީ ވެރިއަކަށް ހުންނަވާ ބޭފުޅަކު ބޭނުންފުޅުވާ ގޮތަކަށް ކަމަށާއި އެއާއި ޚިލާފަށް އެހާ އަވަހަށް ތެޅިގަނެގެން ވަކި މަގާމަކަށް ޝައުގުވެރިވެގެން އެކަމަށް މަސައްކަތް ކުރުން އެއީ ވަރަށް ބޮޑު ގޯހެއް ކަމަށް ގަބޫލުކުރައްވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް ދައުރުން ސުޕަމެޖޯރިޓީ ހޯދައިފައިވާ ޕީއެންސީން މަޖިލީހުގެ ރައީސަކަށް ހޮވާނީ ކޮން މެންބަރެއްކަން ނިންމަވާނީ މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒު ކަމަށާއި ކުރިއަށް އޮތް ތަނުގައި އެކަމަށް މަޝްވަރާކޮށްފައި ގޮތެއް ނިންމާނެކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

“އެހާ އަވަހަށް ވަކި މަގާމަކަށް ޝައުގުވެރިވެގެން އެކަމަށް މަސައްކަތް ކުރުން އެއީ އަޅުގަނޑުމެން ގަބޫލުކުރަނީ ވަރަށް ބޮޑު ގޯހެއް ކަމަށްވާނީ އެހެންވީމަ ކުރިއަށް އޮތް ތަނުގައި ތިކަމަށް މަޝްވަރާކޮށްފައި އަޅުގަނޑުމެން ގޮތެއް ނިންމާނީ،” އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، އަމިއްލައަށް ކަންތައްތަކެއް ބޭނުންވެގެން އެކަންތައްތައް ހާސިލުކުރަން މަސައްކަތެއް ކުރި ނަމަ މިއަދު މިހުރި ހިސާބަށް އާދެވޭނެ ކަމަށް އަޅުގަނޑަށް ގަބޫލު ނުކުރައްވާކަމަށެވެ. އަދި އެބޭފުޅާ ސިޔާސީ ގޮތުން މިއަދު ހުންނެވި ހިސާބަށް ވަޑައިގަނެވުނީ އެގޮތަށް މަސައްކަތް ކުރުމުން ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

“އަޅުގަނޑު އަމިއްލައަށް ކަންތައްތަކެއް ބޭނުންވެގެން އެކަންތައްތައް ހާސިލުކުރަން އަޅުގަނޑު މަސައްކަތެއް ކުރި ނަމަ އަޅުގަނޑު މިއަދު މިހުރި ހިސާބަށް އާދެވޭނެ ކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ،” އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ވެރިކަން ކުރާ ޕާޓީ ޕީއެންސީގެ ރައީސަކީ ރައީސް މުއިއްޒުކަމަށާއި އަދި އެ ދެ މަގާމުގެ ހައިސިއްޔަތުން ޕާލިމެންޓަރީ ގުރޫޕަށް ލަފާ ދެއްވުމުގައި އެންމެ އިސްކޮށް ހުންނަވާނީ އެ މަނިކުފާނުކަމަށެވެ. އަދި 20 ވަނަ މިޖިލީހަށް ރައީސަކު ހޮވުމަށް ގޮތް ނިންމާނީ ރައީސް ޑރ. މުއިއްޒުމަކަށް އޭނާ ވިދާޅުވިއެވެ.