ތަފާތު ބޮޑު ނަތީޖާއަކުން މަލްޓި ޖީނިއަސް މޮޅުވެއްޖެ
6 މަސް ކުރިން
އާމިނަތު ޚާލިސާ

މިނިވަން ކަޕް 2019 ގެ ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި އެމްއެންޑީއެފް އާއި މަލްޓި ޖީނިއަސް ބައްދަލުކުރި މެޗު ތަފާތު ބޮޑު ނަތީޖާއަކުން މަލްޓި ޖީނިއަސް ކާމިޔާބުކޮށްފިއެވެ.

Advt

މިރޭގެ މެޗު 10 ލަނޑު 04 ލަނޑުން މަލްޓީ ޖީނިއަސް ކާމިޔާބުކުރި އިރު މުޅި މެޗުގައިވެސް ފެނިގެން ދިޔައީ މަލްޓި ޖީނިއަސް ވަރަށް ރޭވުންތެރިކަމާއެކު ކުޅެމުންދިޔަ މަންޒަރެވެ. މި މެޗުގެ ފުރަތަމަ ލނޑު މެޗުގެ ހަތަރުވަނަ މިނިޓްގައި ލިބުނު  ޕެނެލްޓީއަކުން އެމްއެންޑީއެފްގެ  މުހައްމަދު އަހްމަދު ކާމިޔާބުކޮށްދިން އިރު މެޗުގެ ފުރަތަމަ ހާފްގައި މަލްޓި ޖީނިއަސްއިންވަނީ ތިން ލަނޑު ޖަހާ މެޗުގެ ލީޑް ނަގާފައެވެ.މި ގޮތުން ހަސަން ލައުހު އާއި  އަނީލް އިބްރާހީމް ކޮންމެ ކުޅުންތެރިއަކަށް ދެ ލަނޑު ޖަހާފައިވާއިރު އަމީން އިބްރާހީމްވެސްވަނީ ލަނޑެއް ޖަހާފައެވެ.

Advt

Advertisement

މެޗުގެ ދެވަނަ ހާފްގައި އެމްއެންޑީއެފް އިން މެޗުގެ ނަތީޖާ ބަދަލުކޮށް ލަނޑެއް ކާމިޔާބުކުރުމަށް މަސައްކަތްކަޮށްފައިވާއިރު އެ ޓީމުން ދެ ވަނަ ހާފްގައި ޖެހި ލަނޑުތައް އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ނާއިފް ސައީދް އާއި، މުހައްމަދު އަހްމަދުގެ އިތުރުން އަބްދުﷲ އާރިފްއެވެ. ދެވަނަ ހާފްގައިވެސް މަލްޓި ޖީނިއަސް އިން ފޮނުވި ގިނަ ހަމާލާތައް އެ ޓީމުން ކާމިޔާބުކޮށްފައިވާއިރު މި ހާފްގައި އެ ޓީމްގެ އަނީލް އިބްރާހީމްވަނީ ދެ ލަނޑު ޖަހާފައެވެ. މީގެ އިތުރުން ހުސެއިން ޒައިން ހަނީފް، އަނީލް އިބްރާހީމް ގެ އިތުރުން ހަސަން ލައުހުވެސް ވަނީ ލަނޑުޖަހާފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އަނީލް އިބްރާހީމް އެވެ.