English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންނަށާއި މިއަހަރުގެ ޙައްޖުގެ މާތް އަޅުކަން އަދާކުރި އެންމެހާ ހައްޖާޖީންނަށް އީދުގެ ތަހުނިއްޔާ ފޮނުއްވާފަ އެވެ.

ރައީސް ގެ މި ތަހުނިޔާގެ މެސެޖުގައި ވިދާޅުވީ އިސްލާމް ދީނުގައި ކަނޑައަޅުއްވާފައިވާ ކޮންމެ އީދަކީވެސް އޭގައި ވަރަށް ފުރިހަމަ އިޖްތިމާއީ މާނަތަކެއް އެކުލެވިގެންވާ މުނާސަބަތެއް ކަމަށެވެ.

މި އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރައްވާ ހުރިހާ މުސްލިމުންނަށް މަބްރޫރު ޙައްޖަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގެންފައިވެ އެވެ.

ރައީސް ވިދާޅުވީ އީދަކީ ހީނަރުވެފައިވާ އާއިލީ ގުޅުންތައް ބަދަހިކުރަން ލިބޭ އަގުހުރި ފުރުސަތެއް ކަމަށާއި އެއީ ކޮންމެ މީހެއް ކޮނޑުގައި އެޅިފައިވާ ދީނީ އަދި އާއިލީ ވާޖިބެއްކަން ހަނދާނުގައި ބަހެއްޓުވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.