English Edition
Dhivehi Edition

އަބަދު ސަރުކާރު ބަދަލުކުރަން މަސައްކަތްކުރުމުގެ ބަދަލުގައި، ސަރުކާރު ދަމަހައްޓައި ތަރައްގީގެ މަޝްރޫތަކާ އެކު ކުރިއަށް ދިއުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ގޮވާލައްވައިފިއެވެ.

ހއ. އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގައި މާރަންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހް ވިދާޅުވީ މާރަންދުއިން އެމްޑީޕީއަށް ވޯޓުދޭނެކަން ޔަގީން ކުރައްވާ ކަމަށެވެ. ވެރިކަމަށް އެރުމަށް ފަހު. ވެރިކަމުގައި ތިބެ ސަރުކާރު ބަދަލުކުރަން އުޅުމަކީ ފެނިވަޑައިގަންނަވާ މަންޒަރު ކަން ހާމަކުރަމުން ރައީސް ސޯލިހް ވިދާޅުވީ އީ އެ ކަން ހިނގަންވީ ގޮތް ނޫންކަމަށެވެ. އަދި ވެރިކަމަށް އައުމަށް ފަހު ކުރަންޖެހޭ ކަމަކީ ވައުދުތައް ފުއްދުން ކަމަށް ރައީސް ވިދާޅުވިއެވެ.

މާރަންދޫ ރައްޔިތޔުންގެ ވިސްނުން ބަދަލުވީ އެމްޑީޕީގެ ސަރުކާރަކުން ވާ ވައުދުތައް ފުއްދައިދޭނެކަމުގެ ޔަގީންކަން ރައްޔިތުންނަށް އޮތުމުން ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ފުރަތަމަ ލިބުނު 17 ވޯޓަށްފަހު 2018 ވަނަ އަހަރު މި ރަށުން އެމްޑީޕީއަށް 58 ޕަސެންޓު ވޯޓު ލިބުނުކަމަށެވެ. އަދި މި އަހަރު އެއަށްވުރެ މަތިން މި ރަށުން ކާމިޔާބުވާނެކަމުގެ އުންމީދުކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.