English Edition
Dhivehi Edition

މިނިވަންކަޕް 2019 ގައި ރިސޯޓް ބޯއިސް އައި ޕޮލިސް ބައްދަލުކުރި މެޗު ބޮޑު ތަފާތަކުން ރިސޯޓް ބޯއިސް ކާމިޔާބުކޮށްފިއެވެ.

10 ވަނަ މިނިވަންކަޕްގައި މިހާތަނަށް ފެނުނުނު އެންމެ ތަފާތު ބޮޑު ނަތީޖާއާއި އެކު ރިސޯޓް ބޯއިސް މޮޅުވީ 15 ލަނޑު 1 ލަނޑުންނެވެ. މުޅި މެޗުގައިވެސް ރިސޯޓް ބޯއިސް އިން މޮޅު ކުޅުމެއް ކުޅެފައިވާއިރު އެ ޓީމްގެ ފުރަތަމަ ލަނޑު މެޗުގެ އެއްވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ހަސަން ޔާސިރު އަދްނާން (ޔާއްޓޭ)އެވެ. މީގެ އިތުރުންމެޗުގެ ފުރަތަމަ ހާފްގައި އެ ޓީމްގެ އަލީ ހާފިޒް(އައްޔަ) ހަތަރު ލަނޑު ކާމިޔާބުކޮށްދިން އިރު އެ ޓީމްގެ ހުސެއިން އީމާން ވަނީ ތިން ލަނޑު ކާމިޔާބުކޮށްފައެވެ.

މެޗުގެ ދެވަނަ ހާފްގައި ރިސޯޓް ބޯއިސްގެ އައްޔަ އާއި މުހައްމަދު އިމާހް އެ ޓީމަށް ދެ ލަނޑު ކާމިޔާބުކޮށްދިންއިރު އަހްމަދު ޝުހާން، އުނެއިސް ޒުބެއިރް،އަދި އަބްދުﷲ މުހައްމަދު ކޮންމެ ކުޅުންތެރިއަކަށްވަނީ އެއް ލަނޑު ޖަހާފައެވެ. މި މެޗުގައި ޕޮލިހުން ޖެހި ހަމަ އެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ ތިރީސް ފަސްވަނަ މިނިޓްގައި އާދަމް ޒާހިރެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ރިސޯޓް ބޯއިސްގެ އައްޔަ ހޮވިފައިވާއިރު މިއީ މި މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާއެވެ.