އައްޑޫސިޓީގައި އެޅުމަށް ހަމަޖެހިފައިވާ 1500 ހައުސިންގ ޔުނިޓަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞޯލިހުގެ ބޯހިޔާވަހިކަމުގެ ވަޢުދުގެ ދަށުން ސަރުކާރުން އަތޮޅުތަކަށް އަމާޒުކުރައްވައިގެން ކުރިއަށްގެންދަވާ 20،000 ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫޢުގެ ތެރެއިން އައްޑޫސިޓީގައި އެޅުމަށް ހަމަޖެހިފައިވަނީ1500 ހައުސިންގ ޔުނިޓެވެ.
މިމަޝްރޫޢުއަކީ ރާއްޖޭގެ ރަށްތަކުގައި ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން ގެދޮރު އިމާރާތް ނުކުރެވި ފަޅުވެފައިވާ ގޯތިތަކުގެ މައްސަލައަށް ހައްލެއް ހޯދައި، ގޯތި ލިބިފައިވީނަމަވެސް މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ގެދޮރު ނޭޅި ދަތި ހާލުގައި އުޅޭ ޢާއިލާތަކަށް ގެދޮރުއެޅުމުގެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫޢުއެކެވެ.
އެގޮތުން ހައުސިންގ ޔުނިޓްތަށް އެޅުމުގައި ގޯތި ލިބި އެހެންނަމަވެސް މާލީ ތަނަވަސްކަން ނެތުމުން ގެދޮރު ނޭޅިފައިވާ ފަރާތްތަކާއި އަލަށް ގޯތި ދޫކުރެވޭ ފަރާތްތަކަށް މިމަޝްރޫޢުގެ ދަށުން އެގޯތިތަކުގައި ގެ އެޅުމުގެ ފުރުޞަތު ލިބޭނެއެވެ.
މިމަޝްރޫޢުގެ ދަށުން އައްޑޫގައި އަޅުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓްތައް ބަހާލެވިފައިވާ ގޮތުން ހިތަދޫގައި 712، މަރަދޫގައި 164، މަރަދޫފޭދޫގައި 81، ފޭދޫގައި 247، ހުޅުދޫގައި 165 އަދި މީދޫގައި 131 ހައުސިންގ ޔުނިޓް އެޅުމަށް ވަނީ ހަމަޖެހިފައެވެ.
ސަރުކާރުން އައްޑޫގައި އަޅާ 1500 ހައުސިންގ ޔުނިޓަށް ކުރިމަތިލުމަށް އެދޭ ފޯމް