ޓީޗަރުންގެ މުސާރު ބޮޑުކުރުމަށްޓަކައި މުސާރައިގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސްފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސިޔާސަތުތަކާ ބެހޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ޓީޗަރުންގެ މުސާރަ ބޮޑުކުރުމަށް ރައީސް އޮފީހާ ގުޅިގެން ، މުސާރަ ދިނުމާ ގުޅޭ އޮނިގަނޑުތަކަށް މިހާރު ބަދަލުތަކެއް ގެންނަވާފައިވާ ކަމަށެވެ. އަދި ވަރަށް އަވަސް މުސްތަގުބަލެއްގައި އާ އޮނިގަނޑު ހާމަކުރައްވާނެ ކަމަށް މިނިސްޓަރ ވިދާާޅުވިއެވެ.
ޓީޗަރުންގެ މުސާރައިގެ އިތުރުން އޯވާ ޓައިމްގެ އުސޫލަށް ވެސް ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޯވަ ޓައިމްގެ އިތުރުން އިތުރު އިނާޔަތްތަކެއް ވެސް ޓީޗަރުންނަށް ހަމަޖައްސައިދިނުމަށް މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޓީޗަރުންގެ މުސާރަ ބޮޑުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ