މިނިވަންކަޕް 2019 ގައި މިއަދު އެމްއެންޑީއެފް އާއި ޕޮލިސް ބައްދަލުކުރި މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ.
މިއަދު ހަވީރު ހުޅުދޫ ފުޓްސެލް ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމްގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ އިރު މި މެޗުގެ ފުރަތަމަ ލަނޑު ޕޮލިސް ޓީމަށް ކާމިޔާބުކޮށްދިނީ ހުސެއިން ރަފީއު(ރައްޕެ)އެވެ. މި މެޗުގައި އެމްއެންޑީއެފްއަށް ކާމިޔާބުކުރެވުނު ފުރަތަމަ ލަނޑަކީ ރައްޕެއަށް ހެދުނު ގޯހެއްގެ ސަބަބުން ބައިކޮޅަށް ވަން ލަނޑެކެވެ.
ދެ ޓީމުންވެސް މި މެޗުގައި ގިނަ ހަމަލާތައް އުފައްދާފައިވާއިރު މެޗުގެ ފަންސަވީސްވަނަ މިނިޓްގައި އެމްއެންޑީއެފް އިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑް ނަގާފައެވެ. މެޗުގެ ތިރީސްވަނަ މިނިޓްގައި ޕޮލިސް ޓީމަށް ޕެނެލްޓީއެއް ލިބިފައިވާއިރު ޕޮލިހުން ފޮނުވާލި ޕެނެލްޓީ ކުޅަދާނަކަމާއެކު ކީޕަރި ވަނީ ދިފާއުކޮށްފައެވެ. މެޗުގެ ނަތީޖާ ބަދަލުކޮށްލުމަށް ޕޮލިހުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު މެޗުގެ އެންމެ ފަހު މިނިޓް ރައްޕެ ޖެހި ގޯލާއެކު މެޗު ނިމިގެންދިޔައީ އެއްވަރު ވެގެންނެވެ.
މި އަހަރުގެ މުބާރާތުގައި ޕޮލިސް ޓީމުން ކުޅުނު އެއްވެސް މެޗަކުން އެ ޓީމް މޮޅުވެފައިނުވާއިރު ގުރޫޕް ސްޓޭޖްގެ ފަހު މެޗުގައި އެ ޓީމް ބައްދަލުކުރާނީ ރިސޯޓް ބޯއިސް އާއެވެ
މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕޮލިސް ޓީމްގެ ރައްެޕެއެވެ.
މިރޭވެސް މި މުބާރާތުގެ ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ރިއަލް އޭޓީ އާއި ގައުމު އެފްސީ އެވެ.