English Edition
Dhivehi Edition

ޢީދު ދުވަހާ ގުޅުވައިގެން އައްޑޫގައި ފެންކުޅި ކުޅޭވޭނެ ސަރަހައްދުތަކެއް ކަނޑައަޅައި އެނޫން ސަރަހައްދެއްގައި ފެންކުޅި ކުޅުން މަނާ ކަމެއްގެ ގޮތުގައި އައްޑޫސިޓީކައުންސިލުން ހަމަޖައްސަވައިފިއެވެ.

މިގޮތަށް ނިންމާފައިވަނީ ވޭތުވެދިޔަ އަހަރުތަކުގައި ފެންކުޅިކުޅުމުގައި ނޭދެވޭ ބައެއް ކަންކަން ހިނގާފައިވާތީއާއި އެކަމުގެ ޝަކުވާތައް ކައުންސިލަށް ލިބިފައިވާތީ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

އެގޮތުން މިއަހަރުގެ އަޟްހާ ޢީދު ދުވަހުން ފެށިގެން ޢީދު ބަންދު ތެރޭގައި އައްޑޫސިޓީގެ އަވަށްތަކުގައި ފެންކުޅި ކުޅުމަށް ވަނީ 6 ސަރަހައްދެއް ކަނޑައަޅާފައެވެ.

#

އަވަށް

ފެންކުޅި ކުޅުމަށް ކަނޑައެޅިފައިވާ ސަރަޙައްދުތައް

1

ހިތަދޫ

ބަނދަރުމަތީގެ ފަތާ ސަރަޙައްދު.

2

މަރަދޫ

ކުޑަކުދިންގެ ޕާކް

3

މަރަދޫފޭދޫ

ރަށިކެޑެ(ފެންތާގީ ސަރަޙައްދު)

4

ފޭދޫ

ބަނދަރުގެ އުތުރުފަރާތު ފަސްގަނޑު

5

ހުޅުދޫ

ބޮމާ ފަންނު ޕާކް ސަރަޙައްދު، ފެން ޕްލާންޓް އިރުމަތީ ޕާކް ސަރަހައްދު

6

މީދޫ

އީދި ގަމޫލު

“އީދު ސަމާ” ގެ ނަމުގައި އައްޑޫސިޓީ ކައުންސިލާ އި އައްޑޫގެ އަވަށްތައް ގުޅިގެން ފޯރިއާއެކު އީދަށް އަންނަނީ ތައްޔާރުވަމުންނެވެ.