English Edition
Dhivehi Edition

އިންޑިޔާއިން ހިމާޔަތް ނުދޭން ނިންމައި ކުރީގެ ނައިބް ރައީސް އަޙްމަދު އަދީބު ރާއްޖެ ފޮނުވާލައިފިއެވެ.

އަދީބު ރާއްޖެ ފޮނުވާލާފައިވަނީ ރާއްޖެ އަނބުރާ ފޮނުވާލައިފިނަމަ ނުހައްގު އަދަބު ދޭނެކަމަށާއި ދިވެހި ފުލުހުންނާއި ހަވާލު ނުކުރުމަށް އަދީބުގެ ފަރާތުން އިންޑިއާ ސަރުކާރަށް މިއަދު އިލްތިމާސްކޮށްފައިވަނިކޮށެވެ.

އިންޑިއާގެ ދަ ނިއު އިންޑިއަން އެކްސްޕްރެސްގައި ބުނެފައި ވަނީ އަދީބު ރާއްޖެއަށް ފުރުވާލައިފި ކަމަށެވެ. އަދި ކަނޑުމަތިން އަދީބާ ހަވާލުވާނީ ރާއްޖޭގެ ކޯސްޓްގާޑު ކަމަށާ މިއަދުގެ ވަގުތެއްގައި ރާއްޖޭގެ ކޯސްޓުގާޑާ އަދީބު ހަވާލު ކުރާނެ ކަމަށެވެ. އަދި އަދީބު ފުރުވާލާފައި ވަނީ އޭނާ ވަޑައިގެންނެވި ޓަގު ބޯޓުގައި ކަމަށްވެސް ބުނެފައި ވެއެވެ.

އަދީބު ފިއްލަވައިގެން އިންޑިއާއަށް ވަޑައިގަތީ ރާއްޖޭގައި މުދާ ހިފައިގެން ދުއްވާ ޓަގު ބޯޓެއްގައެވެ.