English Edition
Dhivehi Edition

އައްޑޫސިޓީގައި ބާއްވާ ވިޔަފާރިއާ ގުޅޭ އެންމެ ފުރަތަމަ މައުރަޒް، “ސަދަން މޯލްޑިވްސް ބިޒްނަސް އެކްސްޕޯ 2019 ” މިއަދު އައްޑޫސިޓީފަށައިފިއެވެ.

އީކުއޭޓަރ ވިލެޖްގައި މިއަދު ހަވީރު ފެށި މި އެކްސްޕޯ ރަސްމީކޮށް ފައްޓަވައިދެއްވެވީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސުލް ޖުމުހޫރިއްޔާ މުޙައްމަދު ނަޝީދެވެ.

އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލިހުގެ އައްޑޫސިޓީއަށް ނިސްބަތްވާ މެމްބަރުންނާއި އައްޑޫސިޓީ މޭޔަރ އަދި ސަރުކާރުގެ މުވައްސަސާތަކުންނާއި ވިޔަފާރިވެރިން ވަނީ ބައިވެރިވެފައެވެ.

އޮގަސްޓް މަހުގެ 1 ވަނަ ދުވަހުން ފެށިގެން 3 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި މައުރަޒަކީ ރާއްޖޭގެ މާކެޓިން އެޖެންސީއެއް ކަމަށްވާ ޓައިޓަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މައުރަޒެކެވެ. މިއީ ޒަމާނީ ވިޔުގަތަކުގެ ތެރެއިން ވިޔަފާރީގެ ގުޅުންތައް ގާއިމުކުރުން މި ޝިއާރުގެ ދަށުން ކުރިއަށްގެންދާ މައުރަޒެކެވެ.

38 އެގްޒިބިޓަރުން ބައިވެރިވި މި މައުރަޒުގައި ރާއްޖޭގެ އެކި ގިންތިތަކުގެ ވިޔަފާރިވެރިންނާއި ވިޔަފާރިއަށް ޝައުގުވެރިވާ ފަރާތްތަކުން ބައިވެރިވާނެކަމަށާއި އަދި އެކިކަހަލަ އުފެއްދުންތައް ދެއްކުމާއި މައުލޫމާތު ބަދަލުކުރުމާއި އިންވެސްޓަރުންނަށް ފުރުސަތުތައް ހުރިނެތްގޮތް ކިޔައިދިނުމާއި އަލަށް ވިޔަފާރިއެއް ފަށަންވީގޮތުގެ މައުލޫމާތުދިނުން ފަދަ ކަންކަން ވެސް މައުރަޒުގެ ތެރެއިން ކުރިއަށް ދާނެކަމަށް ޓައިޓަން އިން ބުނެއެވެ.

އައްޑޫސިޓީގައި އެންމެ ފުރަތަމަ ބާއްވާ ވިޔަފާރިއާއި ގުޅޭ މި މައުރަޒުގައި ރާއްޖޭގެ ބައެއް ކުންފުނިތަކުންވެސް ވަނީ ޓައިޓްން މޯލްޑިވްސްއާއެކު ޕާރޓްނަރޝިޕް އެއްބަސްވުންތަކެއް ގާއިމްކޮށްފައެވެ. އޭގެތެރޭގައި ބިޒިނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީ ހިމެނެއެވެ. މީގެ އިތުރުން ޝަންގްރިލާ ރިސޯޓާއި އޫރިދޫ، ޕޯޓްސް ލިމިޓެޑް، މޯލްޑިވިއަން، ކޮކާކޯލާ، ތްރީ އެސް، ގަން އެއަރޕޯޓް ކޮމްޕެނީ ކަތަމަރާން އައިލެންޑް މޯލްޑިވްސް ، ކޮންޓްރޯލް ޕީ ، މޯލްޑިވްސް އިސްލާމިކް ބޭންކް އަދި އީކުއޭޓަރ ވިލެޖަކީވެސް މިމައުރަޒުގެ ޕާޓްނަރުންނެވެ. މީގެ އިތުރުން މި މައުރަޒުގައި އެއަރލައިންތަކާއި ރިސޯޓްތަކާއި ގެސްޓްހައުސްތައް، ޓްރަވެލް އޭޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުން، އިމްޕޯޓް އެކްސްޕޯޓް ވިޔަފާރިތައް، ޚިދުމަތްތައް ފޯރުކޮށްދޭ ވިތަފާރިތަކާއި ތައުލީމީ މުވައްސަސާތައް އަދި ސިއްހީ ޚިދުމަތުގެ މަރުކަޒުތައްވެސް ބައިވެރިވުމަށް ހަމަޖެހިފައިވާކަމަށް ޓައިޓަން އިން ބުނެއެވެ. މައުރަޒުގެ މީޑިއާ ޕާޓްނަރ އަކީ އޭއޯ ނިއުސް އެވެ.