ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސުލް ޖުމުހޫރިއްޔާ މުޙައްމަދު ނަޝީދު އައްޑޫސިޓީއަށްމިއަދު އައްޑޫއަށް ވަޑައިގަންނަވާނެއެވެ. ރައީސް ނަޝީދު އައްޑޫއަށް ވަޑައިގަންނަވާ ގޮތަށް އޮތީ މިއަދު މެންދުރު 12:45 ގައެވެ.
ރައީސް ނަޝީދުގެ މި ދަތުރުފުޅަކީ މިއަދު އައްޑޫސިޓީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ “ސަދަން މޯލްޑިވްސް ބިޒްނަސް އެކްސްޕޯ 2019 ” ރަސްމީކޮށް ހުޅުއްވައިދެއްވުމަށް ކުރައްވަވާ ދަތުރުފުޅެކެވެ. އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ މިއަދު ހަވީރު 4:00 ގައި އީކުއޭޓަރވިލެޖްގައެވެ.
އައްޑޫސިޓީގައި މިއަދު މި ފެށޭ އެކްސްޕޯއަކީ ރާއްޖޭގެ ވިޔަފާރި ޕްރޮމޯޓްކުރުމާއި ޕީއާރްގެ ކަންކަމަށް ޚާއްސަ ކުންފުންޏެއްކަމަށްވާ ޓައިޓްން މޯލްޑިވްސްގެ ފަރާތުން އިންތިޒާމްކުރާ އެކްސްޕޯއެކެވެ. މި އީ ޒަމާނީ ވިޔުގަތަކުގެ ތެރެއިން ވިޔަފާރީގެ ގުޅުންތައް ގާއިމުކުރުން މި ޝިއާރުގެ ދަށުން ކުރިއަށްގެންދާ އެކްސްޕޯއެކެވެ.
އައްޑޫސިޓީގައި އެންމެ ފުރަތަމަ ބާއްވާ ވިޔަފާރިއާއި ގުޅޭ މި މައުރަޒުގައި ރާއްޖޭގެ ބައެއް ކުންފުނިތަކުން ވަނީ ޓައިޓްން މޯލްޑިވްސްއާއެކު ޕާރޓްނަރޝިޕް އެއްބަސްވުންތަކެއް ގާއިމްކޮށްފައެވެ. އޭގެތެރޭގައި ބިޒިނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީ ހިމެނެއެވެ. މީގެ އިތުރުން ޝަންގްރިލާ ރިސޯޓާއި އޫރިދޫ، ޕޯޓްސް ލިމިޓެޑް، މޯލްޑިވިއަން، ކޮކާކޯލާ، ތްރީ އެސް، ގަން އެއަރޕޯޓް ކޮމްޕެނީ ކަތަމަރާން އައިލެންޑް މޯލްޑިވްސް ، ކޮންޓްރޯލްޕީ، މޯލްޑިވްސް އިސްލާމިކް ބޭންކު އަދި އީކުއޭޓަރ ވިލެޖަކީވެސް މިމައުރަޒުގެ ޕާޓްނަރުންނެވެ. މީގެ އިތުރުން މި މައުރަޒުގައި އެއަރލައިންތަކާއި ރިސޯޓްތަކާއި ގެސްޓްހައުސްތައް، ޓްރަވެލް އޭޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުން، އިމްޕޯޓް އެކްސްޕޯޓް ވިޔަފާރިތައް، ޚިދުމަތްތައް ފޯރުކޮށްދޭ ވިތަފާރިތަކާއި ތައުލީމީ މުވައްސަސާތައް އަދި ސިއްހީ ޚިދުމަތުގެ މަރުކަޒުތައްވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.
ސަދަން މޯލްޑިވްސް އެކްސްޕޯ 2019 ގެ މީޑިއާ ޕާޓްނަރަކީ އޭއޯ ނިއުސް އެވެ