އަންނަ އަޟްޙާ ޢީދާ ދިމާކޮށް، އައްޑޫ ސިޓީ ގަމުގައި ހިންގަމުން އަންނަ އީކުއޭޓަރ ވިލެޖުން ޚާއްޞަ ޢީދު ޕެކޭޖެއް ތައާރަފްކޮށްފިއެވެ.
އޮގަސްޓް މަހުގެ 8 ވަނަ ދުވަހުން ފެށިގެން 18 އޮގަސްޓްގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕެކޭޖްގައި 2 ރޭޓެއް ހިމެނެއެވެ. މި ޕެކޭޖްގައި 79 ޑޮލަރަށް ހާފް ބޯޑުގައި އެއްދުވަހަށް އީކުއޭޓަރގައި ތިބެވޭނެ އެވެ. އަދި 130 ޑޮލަރަށް ފުލް ބޯޑުގައި ތިބެވޭ އިރު މި ޕެކޭޖްގައި އެންމެ ޚާއްޞަ އެއްކަމަކީ %20 ގެ ޑިސްކައުންޓެއް ވޯޓަރ ސްޕޯޓްސް އިން ލިބޭ ކަމެވެ. އަދި ރަށުތެރެ ބަލައިލުމަށް ދާން ބައިސިކަލްވެސް ފޯރުކޮށްދޭ ކަމެވެ. މީގެ އިތުރުން މި ޕެކޭޖްގައި ރިސޯޓުގެ ހުރިހާ ޚިދުމަތްތަކެއް ލިބިގެން 1 ދުވަހަށް ކޮޓަރިއެއްގައި ތިބެވެއެވެ.
މި ދެ ޕެކޭޖެއްގައިވެސް އުމުރުން 5 އަހަރު ނުވާ ކުޑަކުދިންނަށް އެއްވެސް އަގެއް ނުނަގާނެކަމަށް އީކުއޭޓަރ އިން ބުނެއެވެ. އީކުއޭޓަރ އިން ބުނީ މިއީ ހަމައެކަނި ދިވެހިންނާއި އަދި ވޯކްޕާމިޓް ވިސާގައި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ އީދު ޕްރޮމޯޝަނެއް ކަމަށެވެ.
އީކުއޭޓަރ ވިލެޖަކީ އައްޑޫގެ ގިނަ ބައެއްގެ މެދުގައި މަގުބޫލު އަދި ގިނަ ބަޔަކު ޗުއްޓީ ހޭދަކޮށްލުމަށް އާއިލާއާއެކު ދިއުމަށް ބޭނުންވާ އެއްތަނެވެ. ތަފާތު އެކި މުނާސަބާތަކާއި ގުޅުވައިގެން އީކުއޭޓަރ އިން ތައާރަފް ކުރާ ޕެކޭޖްތަކުގައި ގިނަ ބަޔަކު އެތަނަށް ޒިޔާރަތް ކުރެއެވެ. މީގެ އިތުރުން އީކުއޭޓަރ ވިލެޖް ފާހަގަކޮށްލެވެނީ އައްޑޫގައި ބާއްވާ އިޖްތިމާއީކޮންމެ ކަމެއްގައި ބައިވެރިވާ އަދި މުޖުތަމައަށް ފައިދާ ހުރި ކޮންމެ ކަމެއްގައި ހިއްސާވާ ރައްޔިތުންނާ ގާތްގުޅުމެއް ބާއްވަމުން އަންނަ ތަނެއްގެ ގޮތުގައެވެ. ހަމަ މިއާއެކު އައްޑޫގައި ބާއްވާ ކޮންމެ ބޮޑު އިވެންޓެއްގައި އެންމެ އިސް ރޯލެއް އަދާކުރާ އެއްތަނަކަށް އީކުއޭޓަރވިލެޖް ވެފައިވާކަން އައްޑޫގެ ހުރިހާ ރައްޔިތުން ގަބޫލުކުރެއެވެ.