English Edition
Dhivehi Edition

މާލޭގައި ހުންނަ ރަސްރަނި ބަގީޗާގެ ނަން ކުރީއްސުރެ ކިޔަމުން އައި ގޮތަށް ސަލްޓަން ޕާކަށް ބަދަލުކުރުމުން ކުރީގެ ރައީސް އަބްދުލްﷲ ޔާމީން އަބްދުލް ގައްޔޫމް ގެ ސަރުކާރުގެ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު އެކަމަށް ފާޑުވިދާޅުވެއްޖެ އެވެ.

ސަލްޓަން ޕާކުގެ ނަމުން ރަސްރަނި ބަގީޗާގެ ނަމަށް ބަދަލުކޮށް އެމްއެންޑީއެފާއި ހަވާލުކޮށް އެތަނަށް ބޮޑެތި ބަދަލުތައް ގެނައީ ކުރީގެ ރައީސް އަބްދުލްﷲ ޔާމީން އަބްދުލް ގައްޔޫމް ގެ ސަރުކާރުގައި އެވެ.

ނަން ބަދަލުކުރުމާ ގުޅިގެން މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރަސްރަނީގެ ނަން ސަލްޓަން ޕާކަށް ބަދަލުކުރީ ކޮން ތާރީޚެއް އާލާ ކުރަށްވަންތޯ މުއިއްޒު ސުވާލު ކުރެއްވި އެވެ. އަދި ނަމާއި އެއްކޮށް ކުރިން އެތަން އޮތް ގޮތަށް ބަދަލުކުރަންވީ ނޫންތޯ މުއިއްޒު ސުވާލުކުރެއްވި އެވެ.

“ނަމާ އެއްކޮށް، އެ ނަން ކީ އިރު އެތަން އޮތް ގޮތަށް ތަން ވެސް ބަދަލު ކުރަންވީ ނޫންތޯ؟ ދިވެހި ބަހާ ތަނުގެ ތާރީޚް ބޮޑަށް އާލާ ކުރެވޭނީ ދިވެހި ނޫން ނަމަކުންތޯ؟” މުއިއްޒުގެ ޕޯސްޓުގައި ވިދާޅުވި އެވެ.