English Edition
Dhivehi Edition
ސަލްޓަން ޕާކު - ފޮޓޯ: ދި އެޑިޝަން

ސަލްޓަން ޕާކު އަދި ލޮނުޒިޔާރަތް ޕާކު ހުޅުވާފައި ހުންނަ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފިއެވެ.

މާލެ ސިޓީ ކައުންސިލްގެ އިދާރާއިން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ 2020 ޑިސެންބަރު 06 ވަނަ ދުވަހުން ފެށިގެން ސަލްޓަން ޕާކު އަދި ލޮނުޒިޔާރަތް ޕާކު ހުޅުވާފައި ހުންނަ ދުވަސްތައް ބަދަލުކުރެވިފައިވާ ކަމަށެވެ.

އެގޮތުން މިއަދުން ފެށިގެން އެ ޕާކުތައް ހުޅުވާފައި ހުންނާނީ ހޯމަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހާއި ހަމައަށް، ކޮންމެ ދުވަހެއްގެ ފަތިހު 4:30 އިން ހެދުނު 9:30 އަށް އަދި ހަވީރު 4:30 އިން ރޭގަނޑު 9:30 އަށް ކަމަށެވެ.

މީގެ އިތުރުން ޕާކުތަކުގެ ގަސްހަގާގެއްސައް ބޭސް ޖެހުމާއި ،ކާނާ ދިނުމަށާއި އަދި ޕާކުތަކުގައި ކުރަންޖެހޭ އެހެނިހެން މަރާމާތު ކުރުމާ ،ތަންސާފުކުރުމުގެ މަސައްކަތް ކުރުމަށް ކޮންމެ އާދީއްތަ ދުވަހުގެ ހެދުނު 8:00 ފެށިގެން އެދުވަހުގެރޭ ފަތިހު 4:30 އަށް ބަންދުވާނެކަމުގައިވެސް އިޢުލާނުގައި ބުނެފައިވެއެވެ.