English Edition
Dhivehi Edition

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބޮޑެތި ބަދަލުތަކެއް ގެނެސް ނަން ބަދަލުކުުރުމަށްފަހު ހުޅުވި ރަސްރަނި ބަގީޗާގެ ނަން އަލުން ސަލްޓަން ޕާކަަށް ބަދަލުކޮށްފިއެވެ.

ރަސްރަނި ބަގީޗާގެ ނަން އަލުން ސަލްޓަން ޕާކްގެ ނަމަށް ބަދަލުކުރަން ނިންމީ މާލޭ ސިޓީ ކައުންސިލްގެ ހުރިހާ މެންބަރުންގެ އިއްތިފާޤުން ކަމަށް ސިޓީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ. ސިޓީ ކައުންސިލުން މީގެ ކުރިން ބުނެފައިވަނީ ޕާކުގެ ނަން ސަލްޓަން ޕާކުގެ ނަމަށް އަލުން ބަދަލުކުރަން ނިންމީ އެ ޕާކަކީ ރާއްޖޭގެ ތާރީހީ މުހިންމު ތަނަކަށް ވެފައި، ހެރިޓޭޖް މިނިސްޓްރީގެ ލަފަޔާއެކު ކަމަށެވެ.

ރަސްރަނީގެ ނަން ސަލްޓަން ޕާކަށް ބަދަލުކުރިކަމެއް އަދި މިހާތަނަށް ސިޓީކައުންސިލުން ރަސްމީކޮށް އިއުލާން ނުކުރި ނަމަވެސް، އެތަނުގެ ބޭރުގައި އިސްލާމީ މަރުކަޒާ ދިމާލުން އިންނަ ނަން ބޯޑު ވަނީ ބަދަލުކޮށްފައެވެ.

ސަލްޓަން ޕާކު ތަރައްގީކުރި އިރު މިދިޔަ ސަަރުކާރުން ވަނީ އެތަނުގައި ހުރި ބައެއް ތަންތަނަށް ބަދަލު ގެނެސް، އެ ބްލޮކްގައި ހުރި އާސާރީ ކަޅުވަކަރު މިސްކިތް ވެސް ނަގާފައެވެ. އަދި އެތަނުގައި ފިނި ތަންތާގައި ކުޅޭ ކުޅިވަރުތައް ހިމަނައިގެން ސްނޯ ޕާކުގެ ނަމުގައި ވަކި ތަނެއް ހުޅުވާފައެވެ.