English Edition
Dhivehi Edition

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އޭނާގެ ރިޔާސީ ވައުދުތަކުގެ ތެރެއިން އެއް ވައުދު ނުފުއްދި އޮތުމަށްފަހު ސުޕްރީމްކޯޓުގެ އަމުރާއެކު އެ ވައުދު ފުއްދުމުގެ ހުއްދަ ޓްރަމްޕް އަށް ލިބިއްޖެއެވެ.

މެކްސިކޯ އާއި އެމެރިކާ އާއި ދެމެދު ދިގު ފާރެއް ރޭނުކަމީ ޓްރަމްޕް އެންމެ ގިނައިން ދައްކަވާ އެއް ވާހަކަ އެވެ. ޓްރަމްޕް ދެކޭގޮތުގައި އެމެރިކާއަށް ވަންނަ ގިނަ ރެފިއުޖީންނާއި އެ ޤައުމަށް އެތެރެކުރާ މަސްތުވާތަކެތި އެންމެ ގިނައިން ވަންނަނީ މެކްސިކޯ އާއި އެމެރިކާ ގެ ބޯޑަރު ހުސްކޮށެވެ.

ޓްރަމްޕް ގެ މި ޕްލޭނަށް އެމެރިކާގެ ބައެއް ފަރާތްތަކަކުން ދެކޮޅު ހަދައި އެކަން ހުއްޓުވަން ވެސް މަސައްކަތް ކޮށްފައި ވެއެވެ. އަދި ޓްރަމްޕް ވަނީ އެކަމާ ގުޅިގެން އެމެރިކާ ގައި ކުއްލި ހާލަތުވެސް އިއުލާން ކޮށްފައެވެ. އަދި އެޤައުމުގެ ދައުލަތް ދެފަހަރެއްގެ މަތީން ވަނީ ހުއްޓިފައެވެ.

ސުޕްރީމްކޯޓުން މިހާރު ޓްރަމްޕް އަށް ފާރުރާނަން ހުއްދަ ދިނުމުން އެ ޤައުމުގެ ފިނޭސް މިނިސްޓްރީން ޕެންޓަގަނަށް 2.2 ބިލިއަން ޑޮލަރު ދޭނެ އެވެ.