English Edition
Dhivehi Edition

ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ ބެންޗު ފަހެކުން ހަތެކަށް އިތުރުކުރުމަށް ކޯޓުތަކުގެ ޤާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

އެ އިސްލާހު ރައީސް ތަސްދީގު ކުރައްވައި މިހާރު ގެޒެޓްކޮށްފައިވާ އިރު ސުޕްރީމްކޯޓަށް އިތުރު ދެ ފަނޑިޔާރުން އައްޔަން ކުރުމުގެ މަސައްކަތް ފެށިގެން ދާނެ އެވެ.

ސުޕްރީމްކޯޓުގައި ފުރަތަަމަ ތިއްބެވީ ހަތް ފަނޑިޔާރުންނެވެ. ނަމަވެސް 2014 ވަނަ އަހަރު ވަނީ މި އަދަދު ހަތަކުން ފަހަކަށް މަދުކޮށްފައެވެ. އެ ބަދަލާއެކު އޭރުގެ އުއްތަމަ ފަނޑިޔާރު އަޙުމަދު ފާއިޒު ހުސައިން އާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން މަޤާމުން ވަކިކުރި އެވެ.

ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ އަދަދު އިތުރުކުރުމަށް ކޯޓުތަކާއި ބެހޭ ޤާނޫނަށް އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.