English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އާއި ފަސްޓް ލޭޑީ ފަޒުނާ އަހުމަދު މޮރިޝަސް އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހަވީރު ފުރާވަޑައިގެންފިއެވެ. މިއީ މޮރިޝަސްގެ ސަރުކާރުން ރައީސްގެ ދެކަނބަލުންނަށް ދެއްވި ދައުވަތެކެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މޮރިޝަސްގެ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ ވަގުތީ ރައީސް ހިޒް އެކްސެލެންސީ ޕެރަމަސިވަން ޕިއްލޭ ބާލެން ވިޔަޕޫރޭ އާއި، އަދި އެ ޤައުމުގެ ބޮޑުވަޒީރު ޕްރަވިންދް ޖަގްނައުތް އާ ބައްދަލު ކުރައްވައިފައެވެ. މި ބައްދަލުވުމުގައި ރާއްޖެއާ މޮރިޝަސްއާ ދެމެދުގައި ގުޅުން ބަދަހި ކުރެއްވުމާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

ރައީސް އާއި ފަސްޓް ލޭޑީ ވަނީ މިދަތުރުގައި މޮރިޝަސްގެ ޕޯޓް ލުއީގައި މިހާރު ކުރިޔަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2019 ހުޅުވުމުގެ ރަސްމިއްޔާތުގައިވެސް ބައިވެރިވެ ވަޑައިގެންފައެވެ.