English Edition
Dhivehi Edition

އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ ހިމެނޭގޮތަށް ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުންގެ ބަޔާން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނަގައިފި އެވެ.

ޖޭއެސްސީން ބަޔާން ނަގާފައިވާ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންނަކީ އަބްދުﷲ އަރީފާއި އާދަމް މުޙައްމަދު އަބްދުﷲ އެވެ. ފަނޑިޔާރުންގެ ބަޔާން ނަގާފައިވަނީ އެ ތިން ފަނޑިޔާރުންނާ ގުޅޭ ދެ ޝަކުވާއެއް ޖޭއެސްސީއިން ބަލަމުން ގެންދާތީއެވެ.

އޮންލައިން ނޫސް “އަވަސް” އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޖޭއެސްސީގެ ޑިރެކްޓަރު ޙަސަން ޒަހީން ވިދާޅުވީ ޝަކުވާއާ ގުޅިގެން ތިން ފަނޑިޔާރުންނާ ސުވާލުކޮށް ބަޔާން ނަގާފައިވާ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން އެމަނިކުފާނުގެ ސަރުކާރުން ގެންދަވަނީ ޖުޑިޝަރީ އިސްލާހު ކުރެއްވުމަށް ވަރަށް ބޮޑަށް މަސައްކަތްތައް ކުރަށްވަމުންނެވެ.

ޖޭއެސްސީން މީގެ ކުރިން ވެސް ވަނީ ސުޕްރީމްކޯޓުގެ ފަނޑިޔާރެއްގެ މައްސަލައެއް ބައްލަވާފައެވެ.