English Edition
Dhivehi Edition

ނޭޕާލަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެ، ބިންގަނޑު ފޭބުމުގެ ސަބަބުން 50 އަށް ވުރެ ގިނަ މީހުން މަރުވެ އެތައްބަޔަކު ޒަހަމްވެ އާންމުންގެ ގެދޮރަށާއި އެގައުމުގެ އެކިއެކި އިމާރަތް ތަކަށް ބޮޑެތި ގެއްލުންތައް ލިބުމާއި ގުޅިގެން އެކަމުގެ ހިތާމައިގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ނޭޕާލްގެ ބޮޑުވަޒީރު ޝަރްމާ އޮލީއަށް ހަމްދަރުދީ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

އެގޮތުން ރައީސް ފޮނުއްވި ހަމްދަރުދީގެ މެސްޖްގައި ވަނީ، މި ހަބަރު އެއްސެވީ ފުން ހިތާމައާ އެކު ކަމަށެވެ. އަދި، ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ނޭޕާލްގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާ ކަމުގައި ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މި ހާދިސާގެ ސަބަބުން ދިމާވި ގެއްލުންތަކުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތްތަކުން ކާމިޔާބު ލިބުމަށް އެދިވަޑައިގެންފައިވެއެވެ.
ނޭޕާލުގެ އިރުމައްޗާއި ދެކުނުގެ ހިސާބުތަކަށް ދަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ވިއްސާރަ ކުރަމުންނެވެ. ނޭޕާލްގެ ފުލުހުންގެ ތަރުޖަމާނު ބިޝްވަރާޖް ބުނެފައިވަނީ މިހާތަނަށް ފެންބޮޑުވުމުގައި 33 މީހުން ގެއްލިފައިވާ ކަމަށެވެ. އަދި 1،100 މީހުން މިހާތަނަށް ސަލާމަތްކޮށްފައިވާ ކަމަށެވެ.

ޓެގު