ދިރާގު އެމްއެމްއޭ އަދި ސްޕާކްހަބް އިން ދުނިޔޭގެ އެންމެ ބޮޑު ހެކަތޯން ކަމަށްވާ “އޭންޖަލްހެކް”ގެ 2 ވަނަ ހެކަތޯން ރާއްޖޭގައި ފަށައިފިއެވެ.
އޭންޖަލްހެކް އަކީ ބައިނަލްއަގްވާމީ ހެކަތޯން އެކެވެ. މި ހެކަތޯން އެންމެ ފުރަތަމަ ފެށިފައިވަނީ ސެންފްރާންސިސްކޯ ގައި އެވެ. އަދި އޭގެ ފަހުން މިހާތަނަށް 150 އަށްވުރެ ގިނަ ސިޓީގައ 150،000 އަށް ވުރެ ގިނަ ޑިވެލޮޕަރުން، ޑިޒައިނަރުން އަދި ކުދި ވިޔަފާރިވެރިނަށް ވަނީ މި ހެކަތޯންގެ ގެ ސަބަބުން އެހީތެރިވެދީފައިއެވެ.
ކޮންމެ އަހަރަކު އޭންޖަލްހެކްގެ ހެކަތޯން ތައް މުޅި ދުނިޔޭގެ އެކި ހިސާބު ތަކުގައި ކުރިއަށްގެންދެއެވެ. އަދި 2019 ވަނަ އަހަރުގެ އެކަނި ވެސް 6 ކޮންޓިނެންޓްގައި މި ހަރަކާތް ކުރިއަށް ގެންދާނެއެވެ. އަދި 2 ދުވަހުގެ މުދަތައް ކުރިއަށްގެންދާ މި ހެކަތޯންގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ކޮމްޕިއުޓަރު ޓެކްނޮލޮޖީގެ ހުނަރުވެރި ގިނަ ޒުވާނުންތަކެއް ބައިވެރިވެ، ތަފާތު އީޖާދީ އެޕްތަކާއި ސޮފްޓްވެއާތައް ކޯޑުކޮށް، ޓެސްޓުކުރުމާއި ލޯންޗުކުރުން ފަދަ ހަރަކާތްތައް ފެނިގެންދާނެއެވެ.
މި އަހަރު އެންޖަލްހެކް އިން މަސައްކަތްކުރަމުން ދަނީ 4 މަސްދުވަހުގެ ތެރޭގައި 300 ހެކަތޮންސް ބައިވެރިކުރުމަށެވެ. އޭންޖަލްހެކް ގައި ބައިވެރިވިގެން އެއްވަނައަށްދާ ފަރާތަތަކަށް އޭންޖަލްހެކްގެ ގްލޯބަލް ވާޗުއަލް ޕްރީ އެކްސެލެރޭޓަރ ޕްރޮގްރާމް ކަމުގައިވާ “ހެކްސެލެރޭޓާ” ގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ. ބާރަ ހަފްތާގެ މުއްދަތަށް ކުރިއަށްދާ “ހެކްސެލެރޭޓާ”ގެ ބައިވެރިންނަށް ދުނިޔޭގެ ޓެކްނޮލޮޖީގެ އެންމެ ބޮޑު ނާރެސް، އެމެރިކާގެ ސެން ފްރެންސިސްކޯގެ ސިލިކޮން ވެލީ އިން ބައިނަލްއަގުވާމީ މެންޓަރުންގެ އެހީ ލިބި، އެ ފަރާތްތަކުގެ ޕްރޮޖެކްޓުތަކާއި އައިޑިއާތައް ރަނގަޅު ފެންވަރުގެ ސްޓާޓްއަޕްތަކަކަށް ބަދަލުކުރުމަށް މަގުފަހިކޮށްދޭނެއެވެ.
ދިރާގު، އެމްއެމްއޭ އަދި ސްޕާކްހަބް އިން މައުލޫމާތުދޭ ގޮތުގައި އެންޖަލްހެކްގެ ޒަރިއްޔާއިން ބައިވެރިންނަށް ދޫނުކުރާވަރުގެ ވަރުގަދަ ތަޖުރިބާތަކެއް ލިބި، އާ ހިޔާލުތަށް ދިރުވާ ތަރައްގީ ކުރުމުގެ ފުރުސަތު މަގުފަހިވެގެންދާނެއެވެ. އަދި “އެންޖަލްހެކް މޯލްޑިވްސް 2019” ރާއްޖޭގައި ބާއްވަން ގަސްތުކޮށްފައިވާ އެންމެ ބޮޑު ބޭނުމަކީވެސް ދިވެހި ޒުވާނުންގެ މެދުގައި ސްޓާޓަޕް ކަލްޗަރ އަށަގަނެ، އިނޮވެޓިވް ޑިޖިޓަލް ސޮލިއުޝަންސް ހޯދައިދިނުމަށެވެ. މި އަހަރުގެ އެންޖަލްހެކް ތީމް ކަމަށްވާ “އިނޮވެޓަރސް ރައިސިންގ” އިން ގިނަ އަދަދެއްގެ ދިވެހި ހުނަރުވެރި ޑެވެލޮޕަރުންނާއި ޑިޒައިނަރުންނާއި އަދި ވިޔަފާރިވެރިން އެއްތަނަކުން ދިމާވެ، މުޅި ދުނިޔެއަށް ހުނަރު ދައްކާލުމަށް ފުރުސަތު ލިބިގެންދާނެއެވެ.