English Edition
Dhivehi Edition
ފޮޓޯ: ޕޮލިސް

ފުލުހުންގެ ވެބްސައިޓްގައި ވިދާޅުވެފައިވަނީ، ޖެނެރަލް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލަ އަކާގުޅިގެން އައްޑޫސިޓީ ފޭދޫ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ދާކަމަށެއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލައާއި ގުޅިގެން ހޯދަމުންދަނީ، ސ.ފޭދޫ، އުޖާލާ، މުޞްޠަފާ އަޙްމަދު28އ ކަމަށެވެ. މުޞްޠަފާ އަޙްމަދު ހޯދަނީ ކޮންމައްސަލައާ ގުޅިގެން ކަމަށް ފުލުހުން ހާމަކޮށްފައި ނުވެއެވެ.

ވީމާ މުޞްޠަފާ އަޙްމަދުއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ޑިއުޓީ ނަމްބަރު 9631696 ށް ގުޅުއްވައި ޙިއްސާކުރެއްމަށް ފުލުހުން އެދިލައްވައެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރައްވާ ކަމަށް ފުލުހުން ގެ އޮފިޝަލް ވެބްސައިޓްގައި ވިދާޅުވެފައިވެއެވެ.