އިންސާނާގެ ހަށިގަނޑަށް ކާނާބޭނުންވާ ފަދައިން އިސްތަށިގަނޑަށް ވެސް ކާނާބޭނުންވެއެވެ. އިސްތަށިގަނޑަކީ އިންސާނާގެ ރީތިކަން އެންމެ ފުރިހަމަ ކޮށްދޭ އެއްބައެވެ. އެހެން ކަމުން ރީތި ދުޅަހެޔޮ އިސްތަށިގަނޑެއް ކޮންމެ މީހަކަށް ލިބިފައި ވުމަކީ ވަރަށް މުހިންމު ކަމެކެވެ.އަދި އިސްތަށިގަނޑު ސާފުތާހިރުކަމާއި އެކު ރީތިކޮށް ބޭއްވުމަކީ ވެސް އެންމެންވެސް އެދޭ ކަމަކަށް ވާއިރު އިސްތަށިގަނޑު ގެނގުޅެވެނީ އެންމެ ރަނގަޅަށް ތޯބަލަން ޖެހެއެވެ. ތިރީގައި މިވަނީ ދުޅަހެޔޮ ރީތި ސާފު އިސްތަށިގަނޑެއް ބޭނުން ނަމަކޮންމެ ހެންވެސް ސަމާލުވާން ޖެހޭކަންތައްތައް.
ރަނގަޅު ޝޭމްޕޫއެއް ހިޔާރުކުރުން:
ރަނގަޅު ޝޭމްޕޫއެއް ގަތުމަކީ އުނދަގޫ ކަމެކެވެ. ބާޒާރުގައި ތަފާތު އެތައް ބްރޭންޑެއްގެ ޝޭމްޕޫތައް ވިއްކަން ހުރުމާއެކު އެމީހެއްގެ އިސްތަށިގަނޑާ ގުޅޭ ރަނގަޅު ކޮލިޓީ ޝޭމްޕޫއެއް ހޯދުމަކީ ވަރަށް އުނދަގޫ ކަމަކަށްވެއެވެ. އެހެން ނަމަވެސް 2 އިން 1 ޝޭމްޕޫ އެއް ގަތުމަށް ވުރެން ވަކިން ކޮންޑިޝަނާ އަކާއި އެބްރޭންޑްގެ ޝޭމްޕޫ އެއް ވަކިން ގަތުން ބުއްދިވެރިއެވެ. ސަބަބަކީ މިދެބާވަތުން އިސްތަށިގަނޑަށް ލިބެންޖެހޭ މާއްދާތައް އެންމެ ފުރިހަމައަށް ލިބޭނީ ވަކިން ބޭނުން ކުރުމުން ކަމަށްވާތީއެވެ. އަދި އިސްތަށިގަނޑާ ގުޅޭ ޝޭޕްޕޫ އާއި ކޮންޑިޝަނާ ގަންނަން ނޭންގޭނަމަ ހެއާސްޓައިލިސްޓަ ކާއި ނުވަތަ ޓްރިކޮލޮޖިސްޓަކާއި ބައްދަލުކޮށް މަޝްވަރާ ކުރެވިދާނެއެވެ.
އިސްތަށިގަނޑު ރަނގަޅަށް ތެންމުން:
އިސްތަށިގަނޑު ގައި ޝޭމްޕޫ އުނގުޅުމުގެ ކުރިން 2-3 މިނެޓްވަންދެން އިސްތަށިގަނޑަށް ފެންއަޅާފައި ރަނގަޅަށް ތެންމާލާށެވެ. މިހެން ހެދުމުން މުޅިބޮލުގެ ހުރިހާތަނެއްގައި ފެންޖެހި އިސްތަށިގަނޑަށް ޝޭމްޕޫގެ އަސަރު ރަނގަޅަށް ފޯރާނެއެވެ.
ޝޭޕޫ އުނގުޅާނެގޮތް:
ޝޭޕްމޫ އެޅުމަށްފަހު ބޮލުގެ ހަންގަނޑުގައި ޖެހޭވަރަށް އިނގިލިތަކުން ރަނގަޅަށް ޝޭމްޕޫ އުނގުޅާށެވެ. މިހެން ހެދުމަށްފަހު 2-3 މިނެޓް ވަންދެން މަޑުކުރުމަށްފަހު ދެން ޝޭމްޕޫ އެއްކޮށް ފިލަންދެން ފެންއެޅުމަށްފަހު ދޮވެލާށެވެ. އަދި ކޮންޑިޝަން ކުރާއިރު އިސްތަށިގަނޑުގެ ބުޑުގައި ނުޖެހޭގޮތަށް އިސްތަށިގަނޑުގެ ކޮޅާހަމައަށް އުނގުޅާފައި ކުޑައިރުކޮޅަކު މަޑުކޮށް ލުމަށްފަހު ދޮވެލާށެވެ.
އިސްތަށިގަނޑު ދޮންނައިރު :
އަބަދުވެސް ސަމާލުވާން ޖެހޭނެ އެއްކަމަކީ ޝޭމްޕޫ އަދި ކޮންޑިޝަން ކުރުމަށްފަހުގައި ވެސް އަވަހަށް އިސްތަށިގަނޑު ނުދޮވުމެވެ. 2-3 މިނެޓް ވަންދެން މަޑުކުރުމަށްފަހު ބޮލުގެ ހަންގަނޑު އަދި އިސްތަށީގެ ބުޑު ރަނގަޅަށް ދޮންނަން ވާނެއެވެ. އަދި އިސްތަށިގަނޑު ދޮންނަ އިރު ހޫނުފެނަށްވުރެން ފިނިފެން ބޭނުން ކުުރުމުން އިސްތަށިގަނޑު ހަލާކު ވުމާއި ދުރުކޮށް ދެއެވެ.
އިސްތަށިގަނޑު ދޮންނާނީ ހަފްތާއަކު ކިތައްދުވަހު؟
ކޮންމެ ދުވަހަކު އިސްތަށިގަނޑު ދޮތުމަކީ ހީވެސް ނުކުރާހާ އަވަހަށް އިސްތަށިގަނޑު ހަލާކު ވާކަމެކެވެ. އެހެން ކަމުން ކޮންމެ ހަފްތާއަކު 3 -4 ދުވަހު އިސްތަށިގަނޑު ދޮތުން ރަނގަޅެވެ. އަދި އިސްތަށިގަނޑު އަވަސް އަވަހަށް ހަޑިވާހެން ހީވާނަމަ ޑްރައި ޝޭމްޕޫއެއް ބޭނުން ކޮށްލުން ރަނގަޅެވެ.
ރީތި ވަރުގަދަ އިސްތަށިގަނޑެއް ބޭނުންނަމަ ރަނގަޅު ކާނާ ކާން އާދަކުރަން ވާނެއެވެ. އިސްތަށިގަނޑަކީ އެއަށް ވިޓަމިންސް އާއި މިނެރަލަސް ބޭނުންވާ އެއްޗެކެވެ. އިސްތަށިގަނޑު ދުޅަހެޔޮކޮށް އޮތުމަކީ އިސްތަށި ފޭބުމާއި، ޑްރައިވުން އަދި ޑޭންޑްރަފް އިން އިސްތަށިގަނޑު ސަލާމަތް ކޮށްދޭކަމެކެވެ.