English Edition
Dhivehi Edition

ރާއްޖެއިން މީހުން ހައްޖަށް ގެންދާ ހައްޖު ކޯޕަރޭޝަނަށް ސައުދީ އަރަބިއްޔާ އިން ދިން 1،000 މީހުންގެ ހައްޖު ކޯޓާގެ ތެރެއިން 550 ޖާގަ ލިވިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.

މިއަދު އެ ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސައުދީ އިން ދިން ފުރަތަމަ ކޯޓާގެ 1،000 ޖާގައިން އެ ކޯޕަރޭޝަނަށް ކަނޑައަޅާފައިވާ 550 ޖާގައިގެ ތެރެއިން 80 ޖާގަ ވަނީ އިސްލާމިކް މިނިސްޓްރީގެ ބޭނުމަށް ރިޒާވް ކުރެވިފަ އެވެ.

އެގޮތުން، ބާކީ 470 ޖާގައިން ކޯޕަރޭޝަނުން ހައްޖުގެ ކަންކަމުގައި ބޭނުންވާ އެކިއެކި އެހީތެރީންނާއި ފަންނީ މަސައްކަތްތެރީންނަން 31 ޖާގަ ނެގުމަށްފަހު، މިފަހަރު ހައްޖަށް ގެންދިޔުމަށްޓަކައި 439 ޖާގަ ދޫކޮށްފައިވާނެކަމަށް އެ ކޯޕަރޭޝަނުން އިތުރަށް ބުނެފައިވެ އެވެ.

މިއަދާ ހަމައަށް 439 ފަރާތަކުން ހައްޖަށް ދިޔުމުގެ ދައުވަތު ގަބޫލުކޮށްފައިވާ ކަމަށް ވެސް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.