English Edition
Dhivehi Edition

އުސޫލުތަކާ ހިލާފަށް ގައިދީންތަކެއް ދޫކޮށްލި ކަމަށް ބުނެ ސަސްޕެންޑް ކޮށްފައިވާ އޮފިސަރު ވަޒީފާއަށް އަލުން ނުކުމެއްޖެއެވެ.

ހުއްދަނެތި ގައިދީންތަކެއް ދޫކޮށްލި ކަމަށް ބުނާ މައްސަލައިގައި ސަސްޕެންޑް ކޮށްފައިވަނީ ކަރެކްޝަން ސާރވިސްގެ ޗިޓް ހަދާ އޮފިސަރެވެ.މި އޮފިސަރު 21 ދުވަހަށް ސަސްޕެންޑްކޮށްފައިވާއިރު، އޭނާވަނީ ސަސްޕެންޝަންގެ މުއްދަތު ހަމަވުމުން ވަޒީފާއަށް ނިކުންނަން ފަށާފައެވެ.

ޗިޓް ހަދާ ކަރެކްޝަނުގެ އޮފިސަރަށް ނުބައިކޮށް ޗިޓް ހެދުމުގެ ސަބަބުން ޖަލުން ދޫވީ، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ މައްސަލާގައި 25 އަހަރަށް ޖަލަށް ލާން ހުކުމްކޮށް ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއެކެވެ. އެކަމަކު ފަހުން އެމީހާ ވަނީ ހައްޔަރުކޮށްފައެވެ.

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު މައާފު ނުދޭ ގައިދީއަކު ދޫކޮށްލި މައްސަލަ ފުލުހުންގެ އިތުރުން ކަރެކްޝަނުން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ. މި މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، ޖަލުން ކުށްވެރިއަކު ދޫވާނީ ތޮލާލާއި ޕްރިޒަން ކޮމިޝަނަރު މުނާޒު ޗިޓުގައި ސޮއި ކުރެއްވުމުން ކަމުން އެކަމުގައި އެ ދެބޭފުޅުންގެ ވެސް މަސްލަހަތު ހިމެނޭތީ މައްސަލަ ތަހުގީގު ކުރުމުގައި އެމީހުންގެ ދައުރެއް ނޯންނާނެ ކަމަށް ކަރެކްޝަންސުންވަނީ ބުނެފައެވެ.