English Edition
Dhivehi Edition

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ އެމަޖަންސީ ސަޕޯޓް ގްރޫޕް (އީއެސްޖީ) އޮފިސަރުންނަށް ދެ ދުވަހުގެ ރިފްރެޝަރޓްރޭނިންގ ޕްރޮގްރާމެއް ބާއްވައިފިއެވެ.

06 ޑިސެމްބަރ 2019 ން 07 ޑިސެމްބަރ 2019 އާއި ހަމައަށް ކުރިއަށް ދިޔަ މި ޓްރޭނިންގ ޕްްރޮގްރާމަކީ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން އިންތިޒާމްކޮށްގެން ބޭއްވި ރިފްރެޝަރ ޕްރޮގްރާމްއެކެވެ.

މި ރިފްޝަރގައި ބައިވެރިވެފައިވަނީ އެކި ޖަލުތަކުގައި މަސައްކަތްކުރާ ޕީ.އާރް.ޓީ. ޓްރޭނިންގ ހަދާފައި ތިބި އޮފިސަރުންގެ ތެރެއިން 50 އޮފިސަރުންނެވެ. މީގެ ތެރޭގައި އީއެސްޖީ ނޫން އެހެން ޑިޕަރޓްމަންޓަކުގައި މަސައްކަތްކުރާ ބައެއް އޮފިސަރުން ހިމެނެއެވެ.
މާފުށީ ޖަލުގައި ބޭއްވި ރިފްރެޝަރ ޕްރޮގްރާމް ނިމުމުގެ ރަސްމީއްޔާތުގައި ޕްރޮގްރާމް ފުރިހަމަ ކުރި އޮފިސަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު އާސިފްގެ އިތުރުން އީއެސްޖީގެ ކޮމާންޑަރ ޗީފް ޕްރިޒަން އޮފިސަރ ހުސެއިން ރިލްވާންއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު އާސިފް މިފަދަ ރިފްރެޝަރ ޕްރޮގްރާމްހިންގުމުގެ މުހިއްމުކަން ފާހަގަކުރައްވައި، ޕްރޮގްރާމް ފުރިހަމަ ކުރި އޮފިސަރުން މަސައްކަތު މާހައުލުގައި ޓްރޭނިންގ ތެރެއިން ދަސްވިކަންކަން ރަނގަޅުގޮތުގައި ބޭނުން ހިފުމަށް ނަސޭހަތްތެރިވިއެވެ. އަދި އިސް ވެރިންނަށް އިހްތިރާމްކުރުމުގެ މުހިއްމުކަމަށް އޭސީޕީ އާސިފް އަލި އަޅުއްވާލެއްވިއެވެ.

މި ރިފްރެޝަރ ޓްރޭނިންގ ޕްރޮގްރާމްގައި ފިޒިކަލް ޓްރޭނިންގ، ބޮޑީ އަރމަރ އެންޑް ފަޔަރ ޑްރިލް، ސެލްފް ޑިފެންސް، ޝީލްޑް އެންޑް ޑްރިލް ފަދަ ކްލާސްތައް ހިމެނުނެވެ. މީގެ އިތުރުން ލީގަލް ސެކްޝަންގެ ފަރާތުން އެމްސީއެސްގެ އޮފިސަރުންނަށް ޤާނޫނީގޮތުން ލިބެދޭ ބާރުތަކާއި ޤާނޫނީ ބައެއް ކަންތައްތަކާއިބެހޭ ކްލާހެއްވެސް ވަނީ އެކުލަވާލާފައިއެވެ.