English Edition
Dhivehi Edition

މިހާރު މިހިނގާ 19 ވަނަ ރައްޔިތުންގެ މަޖިލިސް އޮތީ ސުޕްރީމްކޯޓަށް ދޫދޭގޮތަށް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

ވީޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން އިންތި ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ރައްޔިތުން ދީފައިވަނީ ވަރަށް ވިސްނާފައިކަމަށާއި ރައްޔިތުން ބޭނުންވާފަދަ ބަދަލެއް ގެންނަން ބޭނުންވާތީކަމަށެވެ.

ސްޕްރީމްކޯޓުގެ ސަބަބުން ނިމިދިޔަ ދެމަޖިލީހުގައިވެސް އުނދަގޫތަކާއި ކުރިމަތިލާންޖެހުނުކަމަށް އިންތި ވިދާޅުވެފައިވާއިރު މަޖިލީހުގެ އެތަށް ނިންމުންތަކަކަށް ސްޕްރީމްކޯޓުން ހުރަސްއަޅާފައިވާކަމަށްވެސް އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވި 19 ވަނަ މަޖިލީހަކީ ތަފާތު މަޖިލީހެއްކަމަށާއި، އެ މަޖިލީހާއި އެގޮތަށް ކުޅުމުގެ ފުރުޞަތު އެއްވެސް މުއައްސަސާއަކަށް ނުދޭނެކަމަށެވެ.