އިންޑިޔާގެ ޓީވީ ޗެނަލްތަކުން ގެނެސްދެމުން އަންނަ ރިއަލިޓީ ޝޯވތަކުގެ ތެރެއިން ޙަޤީޤީ ދިރިއުޅުމުގެ ޖޯޑްތައް ބައިވެރިވާ އެއްމެ މަޝްހޫރު ޝޯވ ‘ނަޗްބަލިއޭ’ މެދުކެޑުމެއް ނެތި ދައްކަމުން އަންނަތާ 8 އަހަރުވެފައިވާއިރު މިއަހަރު ދައްކާ މި ޝޯގެ 9 ވަނަ ސީޒަން ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. މިއަހަރުގެ ޝޯއަކީ ހުރިހާ ގޮތަކުންވެސް ތަފާތު މޮޅު ޝޯއަކަށް ވެގެންދާނެ ކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު މިއަހަރުގެ ޝޯގައި ޖަޖުންގެ ގޮތުގައިވެސް ފެނިގެންދާނީ ހުނަރުވެރި ކުޅަދާނަ މަޝްހޫރު މޫނުތައް ކަން މިހާރުވަނީ ޔަގީންވެފައެެވެ.
މި ސީޒަންގެ ޝޯ ހުށަހަޅައިދިނުމުގައި ޖެނިފާ ވިންގެޓް އާއި އެކު ފެނިގެންދާނީ މަޝްހޫރު ކޮމެޑިއަން ސުނިލް ގްރޯވަރ އެވެ. މި އަހަރުގެ ޝޯގެ ޖަޖުންގެ ގޮތުގައި މަޝްހޫރު ފިލްމީ ތަރި ޝާހިދު ކަޕޫރް އާއި އޭނާގެ އަނބިމީހާ މީރާ ރާޖްޕުތް ފެނިގެންދާއިރު މި ޝޯގެ ޖަޖެއްގެ ގޮތުގައި ސަލްމާން ފެނިގެންދިއުމަކީ ޝޯއަށް ލިބޭނެ އިތުރު ފުރިހަަމަކަމެއްކަން ޔަގީނެވެ.
މިއަހަރުގެ ޝޯގައިވެސް މަޝްހޫރު އެތެއް ފަންނާނުންނަށް ބައިވެރިވެފައިވާއިރު އޭގެ ތެރޭގައި ފާހަނގަކޮށްލެވޭ ހުނަރުވެރި ގިނަ ތަރިން އެބަތިއްބެވެ.
މި ތަރިންގެ އިތުރުންވެސް މި ޝޯގައި ހުނަރުވެރި ގިނަ ތަރިންތަކެއް ފެނިގެންދާނެ ކަމަށް މީޑިއާ ރިޕޯޓްތައް ވަނީ ބުނެފައެވެ. މި ޝޯ ފެށޭނެ ދުވަހަކަށް ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނައިރު މިހާރުއްސުރެ މި ޝޯ ކާމިޔާބުކުރާނެ ޖޯޑަކާއި މެދު ވެސް އަންނަނީ ބަހުސްކުރެވެމުންނެވެ.