English Edition
Dhivehi Edition

ސްޓާޕްލަސް އިން ކުރިއަށް ގެންދާ އެންމެ ކާމިޔާބުއެއް ރިއާލިޓީ ޝޯ ‘ނަޗްބަލިއޭ09’ އަންނަ ޖުލައި މަހު ދައްކަން ފަށާއިއރު ގިނަ ބަޔަކު ތިބީ މި ޝޯ ބެލުމަށް ކެތްމަދުވެފައެވެ. މި ޝޯގެ ކާމިޔާބު 08 ސީޒަން ނިންމާލާފައިވާއިރު މިއިން ކޮންމެ ސީޒަނެއްގައިވެސް ފެނިގެންދިޔަ ޖޯޑުތަކަކީ ގިނަ ބަޔަކު، އެ ޖެޑުތައް އަބަދުވެސް އެކީގައި ތިބުމަށް އުއްމީދުކުރި ޖޯޑްތަކެވެ. އެހެންނަމަވެސް މި ސީޒަންގެ ގިނަ ޝޯތަކުގައި ބައިވެރިވި ޖޯޑުތައް މިހާރު ވަކިވެފައިވާއިރު ބައެއް ޖޯޑުތައް އަދިވެސް ތިބީ ބަދެހިކަމާއެކުގައެވެ.

ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޖޯޑުތަކުގެ ތެރެއިން މިހާރު ވަކިވެފައިވާ ޖޯޑުތަކަށް ބަލާއިރު އުޕެން ޕަޓޭލް އަދި ކަރިޝްމާ ތަންނާ އަކީ ފާހަގަކޮށްލެވޭ ޖޯޑެކެވެ. ރިއަލިޓީ ޝޯ ބިގްބޮސް08 ކުން ދެ ތަރިން ބައްދަލުވެ އުފެދުނު ލޯތްބާއެކު ދެން މި ދެތަރިން ފެނިގެން ދިޔައީ ނަޗް ބަލިއޭއިންނެވެ.ނަޗްބަލިއޭ07 ގެ ޝޯ ތެރެއިން އުޕެން ކަރިޝްމާއާއި އެންގޭޖްވެފައިވާއިރު އޭރު އުޕެން ވަނީ ކަރިޝްމާއަށް ހަ ލައްކަ ރުޕީޒްގެ އަގުހުރި އަނގޮޓިއެއް ވެސް ގަނެދީފައެވެ. އެހެންނަމަވެސް އޭގެ ދެ އަހަރު ފަހުން 2016 ވަނަ އަހަރު މި ދެ ތަރިން ވަކިވާން ނިންމިކަން ހާމަކުރީ “ޗައިނާ ޓައުން”ގެ ތަރި އުޕެން، ކުރި ޓުވީޓެއްގަ އެވެ.

މަޝްހޫރު ޓީވީ އެކްޓަރު ރާޖޭޝް ވަޝިޝްތު އާއި ރިދީ ދޮގްރާ ދިމާވެފައިވަނީ 2010 ވަނަ އަހަރު ސްޓާ ޕްލަސް އިން ދެއްކި ޝޯ “މަރިޔާދާ: ލެކިން ކަބް ތަކް” ގެ ސެޓު ތެރެއިންނެވެ. އެއަށްފަހު މި ދެމީހުން ކައިވެނި ކޮށްފައިވަނީ 2011 ވަނަ އަހަރުގައެވެ.ރާޖޭޝް އާއި ރިދީ އެކުގައި “ނަޗް ބަލިއޭ” ސީޒަން ހައެއްގައި ފެނިފައިވާއިރު މި ދެމީހުންގެ އަށް އަހަރުވީ ކައިވެނި ރޫޅާލާފައިވަނީ މިއަހަރުގެ ކުރީކޮޅުގައެވެ.

“އެފްއައިއާރް” ގައި އެންމެ މުހިއްމު ރޯލެއް ކުޅުނު ބަތަލާ ކަވީތާ ކޯޝިކް އާއި ކަރަންވީ ގްރޯވަރ އަކީ ނަޗްބަލީއޭ ތިންވަނަ ސީޒަނުގައި އެންމެ ފާހަގަކޮށްލެވުނު ޖޯޑެވެ. އެހެންނަމަވެސް ޝޯ ނިމުމާއެކު މި ދެތަރިން ވަނީ އެމީހުންގެ ގުޅުން ނިމުމަކަށް ގެނެސްފައެވެ. ކަވީތާ މިހާރު އެހެން މީހަކާއި ކައިވެނިކޮށް ކަވީތާ އާއި ބެހޭ ގޮތުން އެއްވެސް ވާހަކައެއް ދައްކަން ކަރަން ބޭނުމެއް ނުވެއެވެ.އަދި ކަވީތާވެސް ކަރަންގެ މޫނުވެސް ދެކެން ބޭނުންނުވާކަމަށް ބުނެފައިވާއިރު މިހާރު ސްޓާ ޕްލަސް އިން އަލަށް ފަށައިގެން އުޅޭ ‘ކަހާ ހަމް ކަހާ ތުމް’ގެ ބަތަލްގެ ރޯލުން ކަރަން ފެނިގެންދެއެވެ.

މަޝްހޫރު ފިލްމީ ތަރި ބިޕާޝާ ބާސޫގެ ފިރިމީހާ ކަރަން ސިންގް ގްރޯވާ އާއި ޝަރައްދާގެ ލޯބީގެ ވާހަކައަކީވެސް ނަޗްބަލިއޭ ތިންވަނަ ސީޒަނުގައި މަޝްހޫރުވެގެން ދިޔަ ވާހަަކައެކެވެ. ދެމީހުން ރައްޓެހިވެ މާގިނަ ދުވަހެއް ނުވެޝްރައްދާ އާ ކައިވެނިކޮށްފައިވާއިރު ކަރަންގެ މަގުބޫލުކަން އިތުރުވުމާއެކު، ދެ މީހުންގެ ގުޅުން ހީނަރުވެ ކަރަން އާއި އެކިއެކި އަންހެންކުދިންނާ އަޅުވާ ކިޔެން ފެށި އެވެ. އެންމެ ފަހުން ޝްރައްދާ އާއި ކަރަންގެ ކައިވެންޏަށް ނިމުން އައީ ކަރަން އޭރު ބައިވެރިވެ ޑާންސް ރިއަލިޓީ ޝޯ “ޖަލަކް ދިކްލާޖާ”ގެ ކޯރިއޯގްރާފަރެއް ކަމަށްވާ ނިކޯލް އަލްވާރިސް އާއި ކަރަން ރައްޓެހިވެގެން އުޅޭކަން އެނގުމުންނެވެ.

އިސްޕިޔާރްކޯ ކިޔާނާމް ދޯ އިން ބެލުންތެރިންގެ މެދުގައި މަގްބޫލްކަން ހޯދި ދަލްޖީތް އާއި ޝާލީން ނަޗްބަލިއޭ4 ކާމިޔާބުކުރެވުމުގެ އެންމެ ބޮޑު ސިއްރަކީ ދެމީހުން އެކަކު އަނެކަކު ދެކެވަމުން ދިޔަ ލޯބިކަމަށް ގިނަ ބަޔަކު ގަބޫލުކުރިއެވެ. އެހެންނަމަވެސް 2015 ވަނަ އަހަރު މި ދެތަރިން ވަރިވެފައިވަނީ ޝާލީންއަށް ދަލްޖީތް ކުރަމުން ދިޔަ އަނިޔާތަކުގެ ސަބަބުންނެވެ.