މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްއިން ސ.ހުޅުދޫ އަދި ސ.ހިތަދޫގައި އިމާރާތްކޮށް ނިމިފައިވާ ހައުސިންގ ޔުނިޓު ސަރަހައްދުގެ ލޭންޑްސްކޭޕް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްއިން ކުރި އިއުލާންގައި ބުނެފައިވަނީ ސ.ހިތަދޫގައި އިމާރާތްކޮށް ނިމިފައިވާ 264 ހައުސިންގ ޔުނިޓު ސަރަހައްދުގެ ލޭންޑްސްކޭޕް މަސައްކަތާއި ސ.ހުޅުމީދޫގައި އިމާރާތްކޮށް ނިމިފައިވާ 48 ހައުސިންގ ޔުނިޓު ސަރަހައްދުގެ ލޭންޑްސްކޭޕް މަސައްކަތައް ޝައުގުވެރިވާ ފަރާތްތަކަށް އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 26 ޖޫން 2019 ވާ ބުދަ ދުވަހުގެ 08:00 އިން ފެށިގެން 08 ޖުލައި 2019 ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެކަމަށެވެ.
މި މަސައްކަތުގެ ބީލަން ހުޅުވުން އޮންނާނީ 09 ޖުލައި 2019 ވާ އަންގާރަ ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގައި ކަމަށް އެ މިނިސްޓްރީންވަނީ ބުނެފައެވެ. އެ މިނިސްޓްރީން ބުނީ މި މަސައްކަތަށް ހުށަހަޅުއްވާ ޖުމްލަ އަގު 250,000/- (ދެލައްކަ ފަންސާސް ހާސް) ދިވެހި ރުފިޔާއަށްވުރެ ބޮޑުނަމަ، މި މަސައްކަތަށް ބިޑް ސެކިޢުރިޓީގެ ގޮތުގައި ހުށަހަޅުއްވާ އަގުގެ %0.5 ގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅުއްވަން ޖެހޭނެކަމަށެވެ/ . ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 120 ދުވަސްކަމަށް އިއުލާންގައިވަނީ ބުނެފައެވެ.