English Edition
Dhivehi Edition

މިއަހަރުގެ ރޯދަ މަހު ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމު މޯލްޑިވްސް ޒަކާތު ހައުސްއިން ހަމަޖައްސައި، އެކަމަށް ހާއްސަ ދުވަސްތަކާއި ގަޑިތައް އާންމުކޮށްފިއެވެ. ޒަކާތު ހައުސްއިން ބުނި ގޮތުގައި މި މަހުގެ 15، 16 އަދި 18 ވަނަ ދުވަހު ގޮވާމުން ޒަކާތް ދެއްކޭނެއެވެ. މި ތިން ދުވަހު ވެސް ހެނދުނު 10:00 އިން މެންދުރު 12:00 އަށް ޒަކާތް ބަލައިގަންނާނެއެވެ. މީގެ އިތުރުން މި މަހުގެ 16 އަދި 18 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އިން 15:00 އަށް ވެސް ޒަކާތް ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މާލެ ސަރަހައްދުގައި ގޮވާމުން ޒަކާތް ބަލައިގަތުމުގެ މަސައްކަތް ކުރިއަށްދާނީ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން ގައެވެ. ޒަކާތުގެ ގޮތުގައި ބަލައިގަންނަނީ އާދައިގެ ހަނޑޫ، ތައިލެންޑް ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ، ގޮދަން ފުށް އަދި އާޓާ ފުށެވެ. އުސޫލެއްގެ ގޮތުން ޒަކާތް ދައްކަން ޖެހެނީ އެ މީހަކު އާންމުކޮށް ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތުން ބޮލަކަށް 2.4 ކިލޯގެ މިންވަރެވެ.

ޒަކާތުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ 15 ދުވަހު އެކަނި ވެސް 5.4 މިލިއަން ރުފިޔާ ޒަކާތުގެ ގޮވާމުގެ ބަދަލުގައި ފައިސާގެ ގޮތުގައި ލިބިފައިވެއެވެ. މިއީ ވޭތުވެދިޔަ ތިން އަހަރާ އަޅާބަލާއިރު ރެކޯޑު އަދަދެކެވެ. އޮންލައިންކޮށް ޒަކާތް ދެއްކުމަށް ދަތިވާ ފަރާތްތަކަށް ހާއްސަކޮށްގެން ހަމަޖެއްސި މި އިންތިޒާމުގެ ދަށުން، ގިނަ ބަޔަކު ގޮވާމުން ޒަކާތް ދައްކާނެ ކަމަށް ޒަކާތު ހައުސްއިން އުންމީދު ކުރެއެވެ

ޓެގު