ބަންގްލަދޭޝްގެ “ޓްރީމެން” އޭނަގެ ދެއަތް ކަނޑާލަދިނުމަށް އެދި އާދޭސްކުރަނީ
4 މަސް ކުރިން
ލުބްނާ މަޖީދް މުޚުތާރް

ބަންގްދަދޭޝް ގެ ރައްޔިތެއްކަމަށްވާ އަބުލް ބަންޖްދާރ 28އ ގެ ދެއަތަށް އާންމުކޮށް ނުފެންނަ ކަހަލަ ބައްޔެއް ޖެހި ބޮޑުވޭނެއްގައި އުޅެން ޖެހުމާއި ގުޅިގެން އޭނަގެ ދެއަތް ކަނޑާލަދިނުމަށް ދޮކްޓަރުން ކައިރީ އެދި އާދޭސް ކޮށްފިއެވެ.

“ޓްރީމެން” ގެ ނަން އާންމުކޮށް ކިޔަމުންދާ ބަންޖްދާރ ގެ ދެއަތުގައި ގަހުގެ މޫފަދަ އެއްޗެއް އަތުގައިޔާއި ފައިގައި ނަގަމުންދާތާ އަހަރުތަކެއް ވެއްޖެއެވެ. އޭނަގެ  މުޅި ދެއަތްތިލައިގައި ނަގާފައި ހުރި އެއްޗިހި ސާޖަރީއަކުން ނެގުމަށް  2016 ވަނައަހަރުން ފެށިގެން މިހާތަނަށްވަނީ 25 އޮޕްރޭޝަނެއް ކުރެފިފައެވެ.އަދި އޮޕްރޭޝަން ކޮށް ގާތްގަނޑަކަށް 5 ކިލޯގެ އެއްޗިހި އަތުން ނަގައި އޮޕްރޭޝަން ކާމިޔާބު ވެސް ކޮށްފައި ވެއެވެ.

Advt

Advertisement

އެހެންނަމަވެސް އަނެއްކާ މިދިޔަ ޖެނުއަރީންފެށިގެން އޭނަގެ އަތުގައި އެއެއްޗިހި ނަގަންފަށައި ވަރަށް ބޮޑަށް އަތުގައި ރިއްސާ ކަމަށް އޭނަބުންޏެވެ. ކައިވެންޏެއްކޮށް އަންހެން ދަރިޔަކު ލިބިފައިވާ ބަންޖްދާރ ބުނީ އޭނަގެ ދެއަތުގައި ހުރި ހުރިހާ ގޮތްނޭނގޭ ހަރު ތަކެތި އޮޕްރޭޝަނަށް ފަހު އެއްކޮށް ނެގުމަށްފަހު އެދުވަސްކޮޅު އޭނައަށް އޭނަގެ ދަރިފުޅު ފުރަތަމަ ފަހަރަށް އުރާލަން ލިބުނު ދުވަހަކީ އޭނަ މިހާތނަށް އެންމެ އުފާވީދުވަސް ކަމަށެވެ. “ދެން އިތުރަކަށް މިވޭނުގައި ހުރެވޭކަށެއްނެތް. އަހަރެން އުންމީދު ކުރީ އޮޕްރޭޝަނަށްފަހު ދެން އެއެއްޗިހި ނުނަގާނެކަމަށް. އެހެން ނަމަވެސް މިހާރު މާބޮޑަށް ރިއްސާ އަނެއްކާ އަލުން އެއެއްޗިހި ނަގަންފަށައިފި. މިއަށް ވުރެން މާރަނގަޅުވާނެ އަޅުނަޑުގެ ދެއަތް ބުރިކޮށްލަދިނަސް” ބަލީގެ ކުރިން ޓެކްސީ ކުރަމުން އައި ބަންޖްދާރ މީޑިއާ އާ ވާހަކަ ދައްކަމުން ބުނެފައިވެއެވެ.

ބަންޖްދާރ އަށް ޖެހިފައިވަނީ އެޕިޑަމޮޑީސްޕްލަސިއާ ވެރުސިފޯމިސް ކިޔާ ވަރަށް މަދުން ނޫނީ ނުފެންނަ ހަމުގެ ބައްޔެކެވެ. މިބަލި ޖެހުމުން އާންމުކޮށް ހަށިގަނޑުގައި އިރުގެ އަލި ފޯރާހިސާބުގައި ހަރު އެއްޗިހިތަކެއް ނަގައެވެ. އަދި އެނެގުމަށްފަހު ގަހުގެ މޫފަދައިން ދިގުވަމުން ދެއެވެ. މިބައްޔާ ބެހޭގޮތުން މިހާތަނަށް ހޯދިފައިވާ ހޯދުންތަކުން އެނގޭގޮތުގައި މިބަލި އާންމުކޮށް ޖެހެނީ ދިފާއީނިޒާމް ބަލިކަށިވެފައި ހުރުމުންނާއި ވައިރަސް އަކުން ހަންގަނޑުގައި މަސްކޮޅުތަކެއް އުފެދި އެއްޗިހި ބޮޑުވުމުންނެވެ. އަދި %10 މީހުންގެ ގައިން މިބަލި ފެންނަނީ އާއިލީގޮތުން މާގާތް މީހުން ކައިވެނި ކުރުމުނެނެވެ. އަދި މިބަލީގެ މިހާތަނަށް ހެދި ދިރާސާތަކުން ދައްކާގޮތުގައި މިހަތަނަށް މިބަލީގެ 200 ކޭސް މިހާރުވަނީ ދުނިޔޭގެ އެކިހިސާބު ތަކުން ފެނިފައެވެ.

ބަންޖްދާރގެ ބަލީގެ ވާހަކަ ދުނިޔޭގެ އެކިމީޑިއާގެ ސަމާލުކަމަށް އައިސްފައިވައި ވަނިކޮށް ބަންގްލަދޭޝްގެ ބޮޑިވަޒީރު ޝޭހް ހަސީނާވަނީ ސަރުކަރުގެ ހަރަދުގައި އޭނަގެ ބައްޔަށް ފަރުވާ ކުރުމަށް އެހީވާނެ ކަމަށް ވައުދުވެފައެވެ.